އިގްތިސާދު ހަމަމަގަށް އެޅުވުމަށްޓަކާ ސަރުކާރުން އިހަވަންދިއްޕޮޅުގައި ގާއިމްކުރި ބަންކަރިންގެ ޚިދުމަތް ނުހުއްޓި، ދެމުންގެންދާކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝިމާދު މިހެންވިދާޅުވީ އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން ވިދާޅުވީ މެރިން އެންޖަލް މިހާރު ގެންދަނީ ރޫޓިން މެއިންޓެނެންސްގެ މަސައްކަތްތައް ކުރަމުން ކަމަށާއި،ނަމަވެސް އިހަވަންދިއްޕޮޅު ސަރަހައްދުން ވޯކްޝޮޕްގެ ހިދުމަތް އަދި ނުލިބޭ ކަމަށެއެވެ.
ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ގެނައި 2 ބޯޓަކީ ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލޭ ބޯޓް ކަމަށް މީގެ ކުރިނަވްނީ ފާހަގަކޮށްފައެވެ. މިއީ ސަރުކާރުން ވަރަށް ބޮޑެތި ޙަރަދުތައްކޮށްގެން ފެށި މަސައްކަތެކެވެ. މި މަސައްކަތަށް ސަރުކާޜުން15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ.
މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ބައިނަލްއަގްވާމީ ކުންފުންޏެއް ކަމަށްވާ ވިޓޯލް އާއެވެ.

