ދިވެހިންނެއް ހަނދާނެއް ނުނެތޭ! އަހަރެންވެސް ފަލަސްޠީނާއެކު! ތިނަދޫ ސިޓީގައި އަރުތަ ޖަމްޢިއްޔާ، ގިރިންދާ ޖަމްޢިއްޔާ، ތެނަދޫރޯވަރުން އަދި ތިނަދޫ ސިޓީ ކައުންސިލް ގުޅިގެން ފަންޑްރައިިޒިންގ އިވެންޓެއް ބާއްވައިފިއެވެ.
މި އިވެންޓްގަ ލިބުނު ފައިސާވަނީ މިހާރު ގާޒާއާ ނޮވެމަބަރު މަހުގެ 6 ވަނަ ދުވަހު ހަވާލުކުރެވިފައެވެ. މި ޖަމިއްޔާއިން ބުނީ މިއީ ހާލުގައިޖެހިފައިވާ ފަލަސްތީނުގެ އަޙުންނާއި އުޙުތުންގެ ހައްގުގަ ކުރެވުނު މާތް މަސައްކަތެއް ކަމަށެވެ.
މި ފަންޑްރައިޒް އިވެންޓުން ލިބުނު 64،145.99 ރުފިޔާ އަރުތަ ޖަމްޢިއްޔާގެ މުއައްސިސް އަދި ތިނަދޫ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝަރީފު ވަނީ ޚިދުމަތް ޖަމްޢިއްޔާގެ މުއައްސިސް އަދި ޢިލްމުވެރިންގެ މަޖިލިސް ރައީސް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އާއި ރަސްމީކޮށް ޙަވާލުކޮށްފައެވެ.

ދިވެހީން ހަނދާންނުނެތޭ ތިނަދޫ ސިޓީ ފަލަސްތީނާއެކު
މަސްޖިދުލް އަޤްޞާއާއި އެމިސްކިތް ހިމެނޭ ބިން، އަލްޤުދުސް ވަނީ، ޒަޔަނިސްޓު ޔަހޫދީންގެ އިސްތިއުމާރުގެ ދަށުގައެވެ. އެތަނުގެ ޙުރުމަތް ކަނޑައި، އެތަން ތަޅާލުމަށްޓަކައި އަނިޔާވެރި އެތައް އަމަލުތަކެއް އެ ދަނީ ހިންގަމުނެވެ.

ތިނަދޫ ސިޓީން ވެދިން އެހީތެރިކަމަށް ގާޒާ ރައްޔިތުންގެ ޝުކުރު
ޣައްޒާ އަށް އިޒްރޭލް ސިފައިން މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 41،391 ށް ވަނީ އަރާފައެވެ. މީގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނާއި އާންމުން ކަމަށް މަސްދަރުތައް ބުނެއެވެ.

