އައްޑޫގައި މިހާރު ކުރިޔަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ހުއްޓާލައި އެކަން އިންތިޒާމު ކުރި ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް އަލީ ރަމީޒް ބުނެފިއެވެ.
އަލީ އެފްބިގައި ކުރި ޕޯސްޓެއްގައި ބުނީ ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ހުއްޓާލުމަށާއި އެކަން އިންތިޒާމުކުރާ ފަރާތްތަކަށް ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅަންޖެހޭ ކަމަށެވެ.
“ބޮޑީ ބިލްޑިންގެ ނަމުގައި އައްޑޫގައި އަންހެނުންނާއި ފިރިހެނުން އޮރިޔާމުން ސްޓޭޖުމަތީގައި ކުރިއަށް ގެންދާ ފާހިޝް ނުބައި ހަރަކާތްތައް އިންތިހާއަށް ކުށްވެރިކުރަން” އަލީ
ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަނާއި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގުޅިގެން ބާއްވާ މި މުބާރާތުގައި އެކި ގައުމުތަކުން އަންހެނުންނާއި ފިރިހެނުން ބައިވެރިވެއެވެ.
15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗްކޮށް ދެއްވީ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު މިދިޔަ މަހުގެ ހަތެއްގައެވެ.
މި މުބާރާތް ބާއްވަން ހަމަޖެހިފައިވާކަމަށް މީގެކުރިންވަނީ އިއުލާނު ކުރައްވާފައެވެ. އެގޮތުން މި އިއުލާނަށް އެއްވެސް ފަރާތަކުން ދެކޮޅަށް ބަހެއް ބުނަފައެއްނުވެއެވެ. ނަމަވެސް މި މުބާތް މިހާރު ކުރިއަށްދާންފެށުމުން މިކަމަށް ގިނަބަޔަކުކަންބޮޑުވުންދަނީ ފާޅުކުރަމުންނެވެ. މިއީ އަންހެނުންނާއި ފިރިހެނުން މަސްހުނިވެގެން ކުރިއަށްދާ މުބާރާތެކެވެ. މިފަދަ މުބާރާތްތަކަކީ އިސްލާމްދީން ގަބޫލުކުރާ ފަދަ މުބާރާތްތަކެއްވެސް ނޫނެވެ.

