މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާ ކަމުގެ ތުހުމަތުގައި މާލެއަށް ނިސްބަތްވާ 25 އަހަރުގެ އަންހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި އަންހެން މީހާގެ އަތް ދަބަހުން މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެއެވެ.
މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވެއެވެ.
ޯކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން، އޭނާއަކީ ކުރިންވެސް ހައްޔަރުކުރެވި ބަންދުކުރެވިފައިވާ މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ކޯޓުން އޭނާ ބަންދުކުރުމަށް ނިންމީ، ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީއެވެ.

