ބީއެމްއެލްގެ ހިދުމަތްތަކަށް އަންނަ އަހަރުތެރޭ ޒަމާނީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ފުރަތަމަ ދިވެހި ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވެފައިވަނީ ބީއެމްއެލްގެ ޚިދުމަތްތަކަށް އަންނަ އަހަރުތެރޭ ޒަމާނީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަން އޭނާ ހާމަކުރެއްވީ މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ނިޔަލަށް އޭޓީއެމް ޚިދުމަތް މުޅި ރާއްޖެއަށް ފުޅާވާނެއެވެ. މިގޮތުން މިހާރު ހުރި އޭޓީއެމްތަކުގެ އިތުރަށް 103 އޭޓީއެމް އަންނަ އަހަރު ބަހައްޓާނެ ކަމަށާއި، 2025 ގެ ނިޔަލަށް މުޅި ރާއްޖޭގައި ހުރި ބީއެމްއެލްގެ އޭޓީއެމްތަކުގެ އަދަދު 250 އަށްވުރެ ގިނަ ގިނަ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން ޝަރީފް ހާމަކުރެއްވިއެވެ. އެގޮތުން މޯބައިލް ބޭންކިން އެޕް އަދި ބީއެމްއެލް ޕޭމެންޓް ގޭޓްވޭއަށް ޒަމާނީ ބަދަލުތަކެއް ގެނެވޭނެ ކަމަށާއި، އޭއައި އާއި ރޮބޮޓިކް ޕްރޮސެސް އޮޓޮމޭޝަން ބޭނުންކޮށްގެން މަސައްކަތް ހަލުވިކުރުމާއެކު ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭންކުން މިހާރުވެސް ވަނީ ކަސްޓަމަރުންނަށް އެހީވުމަށް އޭއައި އެސިސްޓެންޓް، “އާޔާ” ތަޢާރަފްކޮށްފައެވެ. މި އެސިސްޓެންޓަކީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ އެސިސްޓެންޓެކެވެ.
ބީއެމްއެލްއިން ބުނީ އެކުންފުނިން އަބަދުވެސް ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

