މިއަދު ހަވީރުންފެށިގެން ގެއްލިގެން ހޯދަމުންދާ އިޒްޔާން ހުޝާމް އަދިވެސް ނުފެންނަ ކަމަށް ކުއްޖާގެ ބައްޕަ ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އިޒްޔާން ހުޝާމް އެވެ.
މިއަދު ހަވީރު 5:30 އިން ފެށިގެން ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އިޒްޔާން ހުޝާމް އަދިވެސް އިޒްޔާން ނުފެންނަ ކަމަށް ކުއްޖާގެ ބައްޕަ ވަނީ ކަށަވަރުކޮށްދީފައެވެ.
މިވަގުތު މާލޭގައިހުރި ކުއްޖާގެ ބައްޕަ ބުނީ ސައްހަ މައުލޫމާތެއް އަދި ލިބެމުންނުދާ ކަމަށެވެ.
އާއިލާއިން ބަޔަކާއެކު ކުއްޖާ ބޭރަށް ނުކުތީ ކުޅެންކަމަށެވެ.
“އޭގެފަހުން ވީނުވީއެއް ނޭގި ގެއްލިފަވަނީ. އޭރއްސުރެ އަދިވެސް ހޯދަމުންދަނީ. އަދިވެސް ނުފެނޭ. ރައްޔިތުންނާއި އާއިލާއިން ދަނީ މަސައްކަތް ކުރަމުން.” ކުއްޖާގެ ބައްޕަ
ކުއްޖާފެނިފައިނުވާއިރު ކުއްޖާގެ ބައްޕަބުނީ ކުއްޖާ ގެއްލިގެން ހޯދަމުންދަނީ އާއިލާގެ ކުދިބަޔަކާއެކު ބޭރަށް ނުކުތްފަހުންކަމަށެވެ.
ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންގެންދަނީ ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

