މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، 40 ބޭފުޅަކަށް ދެއްވައިފިއެވެ،
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވުނު ރަސްމީ ޖަލްސާއެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ހާއްސަަ އިނާމު ދެއްވާފައެވެ.
މިއަހަރުގެ ހާއްސަ އިނާމު ލިބިވަޑައިގަތީ ޖުމްލަ 40 ބޭފުޅަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ 2 ބޭފުޅަކާއި، ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދާފައިވާ 38 ބޭފުޅެކެވެ.
ލެވެލް 10 ގެ ސަނަދު ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ދެ ބޭފުޅުންނަކީ:
- ޑޮކްޓަރ ޢާއިޝަތު ޝިނާ (މއ. ޑޯންލައިޓް)
- ޑޮކްޓަރ ޚަދީޖާ ރަޝީދު (ހުޅުމާލެ. ފްލެޓްނަންބަރު 03-ޖީ-89)
އިނާމު ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކިޔަވާ ނިންމާފައިވާ ދަރިވަރުން ހިމެނެއެވެ. މީގެ ތެރޭގައި މާލެ، ހުޅުމާލެ އަދި އަތޮޅުތަކުގެ ގިނަ ރަށްރަށުން ކާމިޔާބު ހޯދާފައިވާ ދަރިވަރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމު ލިބިވަޑައިގަތް ކޮންމެ ބޭފުޅަކަށް މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ދެއްވާފައެވެ.
މި ރަސްމިއްޔާތަކީ ކޮންމެ އަހަރަކުވެސް ޖުމްހޫރީ ދުވަހާ ގުޅުވައިގެން ބާއްވާ ޚާއްޞަ ރަސްމިއްޔާތެކެވެ. މިއީ ދިވެހި ދަރިވަރުންގެ ތަޢުލީމީ ކާމިޔާބީތައް ފާހަގަކޮށް، އެ ދަރިވަރުންނަށް ހިތްވަރު ދިނުމަށް ބާއްވާ މުހިންމު ރަސްމިއްޔާތެކެވެ.
ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވާ 38 ބޭފުޅުންނަކީ؛
- 1. އަލްއުސްތާޒާ ޢާއިޝަތު އިބްރާހީމް، ކުރި، ތ. ގުރައިދޫ
- 2. އަލްފާޟިލާ ފާޠިމަތު ސަނާ، ޑޭޒީމާގެ، ތ. ކިނބިދޫ
- 3. އަލްފާޟިލާ ފާޠިމަތު ޣާޒިޔާ ފަތުޙީ، އާބާދީގެ، ސ. ފޭދޫ
- 4. އަލްފާޟިލާ ނީޝާ ނަޞީރު، ސަންފާކެޔޮގެ، ސ. ހިތަދޫ
- 5. އަލްފާޟިލާ މަރްޔަމް ޝިއުނާ، މިސްކިތްމަގު. ވިދުން، ޏ. ފުވައްމުލައް
- 6. އަލްފާޟިލް ޢަލީ ފަރްޙާން، ސަންސައިޑް، ލ. ފޮނަދޫ
- 7. އަލްފާޟިލް މޫސާ މާއިޝް ޢަބްދުﷲ، ރެކްސޯނާ، ގދ. ތިނަދޫ
- 8. އަލްފާޟިލާ މާރިޔާ ޝައުކަތު، ހ. އެބޫދޫގެ
- 9. އަލްފާޟިލާ ޢާއިޝަތު ސަތީރާ މުޙައްމަދު، ސުތުލިގެ، ސ. ހިތަދޫ
- 10. އަލްފާޟިލް އިބްރާހީމް ސާދިން، ޗާނދަނީގެ، ށ. މިލަންދޫ
- 11. އަލްފާޟިލް އަޙްމަދު ރައިޙާން، މއ. ހަލްކާ
- 12. ސާޖަންޓު ޝާޔަދު ސަޢީދު، ޢަންދަލީބުގެ، ގއ. މާމެންދޫ
- 13. އަލްފާޟިލާ ޢާއިޝަތު ޔަޝްފާ ޔޫސުފް، މ.ކެޕްރިކޯން
- 14. ވޮރަންޓް އޮފިސަރ 2 މުޙައްމަދު އަފްރާޙު، ހިސާން، ހދ. ވައިކަރަދޫ
- 15. އަލްފާޟިލް މުޙަންމަދު ރިޝްފާއު، ޕިންކްފްލާވަރ، ކ. ގުރައިދޫ
- 16. އަލްފާޟިލާ ފާޠިމަތު ޒަހްރާ، ވީވަރު، ށ. މާއުނގޫދޫ
- 17. ސާޖަންޓު އިސްމާޢީލް ޝަރީފް، ނިވާދޮށުގެ، ށ. މާއުނގޫދޫ
- 18. އަލްފާޟިލް މުޙައްމަދު އަނަސް، މ. ހުވަނދުގަދަކޯޅިގެ
- 19. އަލްފާޟިލާ ޢާއިޝަތު ޢަފާ، މ. ބޮނޑިމާގެ،
- 20. އަލްފާޟިލާ ޢާއިޝަތު އަމާނީ ޢަބްދުއްރަޙްމާން، ދައުހަދާގެ، ޅ. ހިންނަވަރު
- 21. އަލްފާޟިލް ޢަލީ ޖައިޝަން ޢާމިރު، ހ. މާދޫވެހި
- 22. އަލްފާޟިލާ ލީނާ ޒިޔާދު، މެޒޯ، ހދ. މަކުނުދޫ
- 23. އަލްފާޟިލާ އާޒިފާ ޢަފީފު، ހެވަންލީހޭވަން، ގދ. ފިޔޯރީ
- 24. އަލްއުސްތާޒާ ޝަޒްނާ އަޙްމަދު، ފުނާޑު. ލަގްޒަރީވިލާ، ޏ. ފުވައްމުލައް
- 25. އަލްއުސްތާޒާ ޢާއިޝަތު ނުހާ ޙަމީދު، ހ. އުނިގަސްދޮށުގެ
- 26. އަލްފާޟިލް އަޙްމަދު ޔަޢީޝް މުޙައްމަދު، މ. ޖޭމު
- 27. އަލްފާޟިލް އިބްރާހީމް ޒައިދާން، އޮވަރސީޒް، ދ. ބަނޑިދޫ
- 28. އަލްފާޟިލާ ރަޝްފާ މުޙައްމަދު ޙަބީބް، ތަރިވިދާގެ، ގއ. ދާންދޫ
- 29. އަލްފާޟިލް ޙަސަން ޒަޔާން ޢައްޒާމް، މ. ކަރިޝްމާ
- 30. އަލްފާޟިލާ މަރްޔަމް ޝާހީނާ، ހަރުމަލުގެ، ގއ. ގެމަނަފުށި
- 31. އަލްފާޟިލާ ޢާއިޝަތު އަހްލާ، އެތުމާގެ، ބ. އޭދަފުށި
- 32. އަލްފާޟިލާ އާމިނަތު ރިސްމާ، ދަފްތަރު. ނަންބަރު ރސ 4101، މާލެ
- 33. ޑޮކްޓަރ ފާޠިމަތު ޢަޠުފާ، މެހެފިލް، ސ. ހިތަދޫ
- 34. އަލްފާޟިލާ މަރްޔަމް ނަޝްވާ، މީނާޒް، ތ. ހިރިލަންދޫ
- 35. އަލްފާޟިލް އިބްރާހީމް މާހިލް މުޙައްމަދު، މ. މަސްތާނު
- 36. ޑޮކްޓަރ އާމިނަތު ޝިފްރާ، ހުޅުމާލެ ހިޔާ 15-19-10
- 37. އަލްފާޟިލާ ޛަހާ މުޙައްމަދު ޒިޔާދު، މ. މުރަނގަވިލާ
- 38. އަލްފާޟިލް އަޙްމަދު ރުވައިދު ޒިޔާދު، މ. މުރަނގަވިލާ
ހާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި، ހަނދާނީ ލިޔުމެކެވެ.

