ބޮޑީބިލްޑިންއަކީވެސް ކަސްރަތާއި ދާދިއެއްގޮތްވާ ކަމެކެވެ. މިއީ ތަފާތު ސްޓައިލްތަކާއި ކެޓަގަރީތަކުން އަންނަ ފަންނެއްވެސްމެއެވެ. ބޮޑީބިލްޑް ކުރުން ދުނިޔެއަށް ތައާރަފްވީ 19 ވަނަ ގަރުނުގައި ޔޫރަޕާއި އެމެރިކާއާއި ކަމަށް ތާރީޚް ބުނެއެވެ. މިހަރަކާތް އާންމުންގެ މެދުގައި މަގުބޫލު ކުޅިވަރަކަށް ވެގެން ދިޔައެވެ. އަދި މަޑުމަޑުން ގައުމުތައް މިކަމަށް ޝާމިލްވެ ފެތުރިގެންދިޔައެވެ.
ބޮޑީބިލްޑިންގ އެންމެ ފުރަތަމަ ފެށީ ކާކު ކިހިނެތް ހެއްޔެވެ؟
މި ސުވާލާއެކު ޖަވާބަށް ބަލާލަމާ ހިނގާށެވެ.
ޔޫގަން ސޭންޑޯ: ފުރަތަމަ ބޮޑީބިލްޑަރެވެ.
ޔޫގަން ސޭންޑޯ – 1867 ވަނަ އަހަރު އެންމެ ފުރަތަމަ ޒަމާނީ ބޮޑީބިލްޑަރެވެ. އެމެރިކާގެ ނިއުޔޯކް ސިޓީގައި 1903 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފިރިހެން ބޮޑީބިލްޑް މުބާރާތެއްވަނީ ބޭއްވާފައެވެ.
މި މުބާރާތުން މިސްޓަރ އޮލިމްޕިއާގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާއިރު އޭނާގެ ހަށިގަނޑާއި ޝަހުސިއްޔަތުގެ ސަބަބުން އެމެރިކާގައި ބޮޑީބިލްޑް ކުރުން އިތުރަށް ބަލައިގަނެވޭނެ ގޮތްވިއެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ބޮޑީބިލްޑިން އަކީ ކުޅިވަރެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތީ 1998 ވަނަ އަހަރު އެވެ. ނަމަވެސް މިއަދު ވެސް ބޮޑީބިލްޑިންގ އަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.

ބޮޑީބިލްޑިން
މިފަހަކަށް އައިސް މިފެންނަނީ ބޮޑީބިލްޑް ކުރުމަށް ގިނަބަޔަކު ޝައުގު އުފެދޭތަނެވެ. އަދި ފިރިހެންނެކޭ އެއްގޮތަށް އަންހެނުންގެ ޢަދަދު ވަރަށް ބޮޑުތަނުން އިތުރު ވެސް ވާތަނެވެ. ނަތީޖާއެއްގެ ގޮތުން އަންހެން ބޮޑީބިލްޑިންގ ވަރަށް ބޮޑަށް މަޤްބޫލުވާ ގޮތްވެގެންދާތަންފެނެއެވެ. ބޮޑީބިލްޑިންގެ ތަފާތު މުބާރާތްތައް ދުނިޔޭގެ އެކިކަންކޮޅުގައި ކުރިއަށްދާއިރު މިއަހަރު ބައިނަލް އަގްވާމީ ފެންވަރުގެ މުބާރާތް ބާއްވާފަވަނީ ދިވެހިރާއްޖޭގެ އައްޑޫސިޓީގަވެ.
ބޮޑީބިލްޑް ކުރުމަކީ ފިޓްކޮށް ވަރުގަދަކޮށް ދެމިހުރެވޭނެގޮތެކެވެ.

