ރ. މާކުރަތަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކުރި ގޮތުގައި، ރ. މާކުރަތު / ތިންތަރި، އަހުމަދު ޝާހީން (21އ) އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އަހުމަދު ޝާހީނުގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 6 ވަނަ ދުވަހު ފޯނުންނެވެ. މިކަން އޭނާގެ އާއިލާއިން ވަނީ ފުލުހުންނަށް އަންގާފައެވެ.

އަހުމަދު ޝާހީން (21އ)އެންމެ ފަހުން ފެނިފައި ވަނީ މިމަހު 6އެއްގައި
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަހުމަދު ޝާހީންގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

