ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން މާލެ ޕޯޓް ތެރެއިން ކޮންޓެއިނަރއެއް ބަލައިފާސްކޮށްގެންނެވެ.
ފުލުހުން ބުނީ އިއްޔެ ރޭ ޑްރަގް އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ކޮންޓެއިނަރ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.280 ކިލޯއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

