1984 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވި މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒަށް) 40 އަހަރު ފުރިއްޖެއެވެ.
އިސްލާމީ މަރުކަޒު އެޅުއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. މި މިސްކިތަކީ ރައްޔިތުންގެ އެއްބާރުލުމާއެކު ޖުމްލަ ދެއަރުގެ ތެރޭގައި މަސައްކަތްކޮށް ގާއިމްކޮށްފައިވާ މިސްކިތަކެވެ.
މިމިސްކިތުގައި ޖުމްލަ ނަމާދު ކުރެވޭ މީހުންގެ އަދަދަކީ 4،500ެއެވެ. މިއީ ރާއްޖޭގައި މިފަދަ ހާއްސަ މިސްކިތެއްނެތް އިރެއްގައި ގާއިމްކޮށްފައިވާ މިސްކިތެކެވެ. ގައުމުތަކުގެ އެހީތެރިކަމާއެކު އޭރު ގާއިމްކުރި މިމިސްކިތް ކޮންމެ އަހަރެއްގަވެސް މަރާމާތުކޮށް އާބާތުރަފިލުވައެވެ. މިމިސްކިތުގައި ފަސް ކުލާހާއި ލައިބްރަރީއަކާއި ބޮޑު ކޮންފަރެންސް ހޯލެއް ވެސް ވަނީ ގާއިމް ކޮށްފައެެވެ.
މިހާރު މިމިސްިތާއި އެއްގޮތަށް ނަކަލުކޮށްގެން ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި އިސްލާމީމަރުކަޒުތައް ވަނީ ގާއިމް ކޮށްފައިވެއެވެ.

