އަހިވަހައް ގަހަކީ ރާއްޖޭގައި ވަރަށް ފަސޭހައިން ހެއްދޭ ގަހެކެވެ. މިގަސް އާންމުކޮށް ފެންނަނީ މީހުން ނޫޅޭ ފަޅު ސަރަހައްދުގައި ހެދިފައިވާތަނެވެ. އަހިވަކަކީ ހަށިގަނޑަށް ފައިދާހުރި މޭވާއެއްނަމަވެސް އާންމުކޮށް މީހުންމި މޭވާ ކައި ނުއުޅެއެވެ. ދިވެހީން ގިނައިން މިމޭވާ ނުކަނީ އޭގައި ހުންނަ ގަދަ ވަހާއި އާދަޔާ ހިލާފު ރަހައިގެ ސަބަބުންނެވެ.
ބައެއް ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އަހިވަކަކީ އޭގައި ކެންސަރާ ދެކޮޅަށް ހަނގުރާމަކުރާ މާއްދާއެއްވެސް އެކުލެވޭ އެއްޗެކެވެ.

އަހިވައް ސިއްހތަށް ފައިދާހުރި މޭވާއެއް
އަހިވައްފަނި މީ މީރު ބުއިމެއް އަދި ފައިދާވެސް ހުރި ބުއިމެއް:
އަހިވަކުން ޖޫސް ތައްޔާރުކޮށްލެވޭއިރު، ރޮލާ ކެއުމުގެ ބަދަލުގަ މިމޭވާ ބޭނުން ކުރަންއެންމެ ރަނގަޅު ގޮތަކީ ފަނި ގިރައިގެންނެވެ. އަހިވަކުން ޖޫސް ތައްޔާރުކޮށްގެން ބޭނުން ކުރުމުން އޭގައި ހުންނަ ރަހަ ރަނގަޅުވެ ބޭނުން ކުރުމަށް ފަސޭހަ ވެއެވެ. އަދި މިއީ ސިއްޙީ ގޮތުން ވަރަށް ގިނަ ފައިދާތަކެއް އެކުލެވޭ ބުއިމެކަށްވާއިރު، ބަރުދަން ހިފެހެއްޓުމާއި، ހިތުގެ ދުޅަހެޔޮކަން ރަނގަޅު ކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ހިތުގެ ދުޅަހެޔޮކަމަށްވެސް އަހިވައްމީ ފައިދާހުރި އެއްޗެކެވެ.
އަހިވައް ޖޫހަކީ ބަރުދަން ކޮންޓްރޯލްކުރުމަށާއި އޮބެސިޓީ ފަރުވާއަށް އެހީތެރިވެދޭވެސް އެއްޗެކެވެ. މިބުއިން ކޮންމެ ދުވަހަކު ބޭނުންކުރާނަމަ ދުވާލުގެ ކަސްރަތާއިނުލާ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ފަރުވާ އަކަށްވެއެވެ. މިޖޫސް ބުއިމުން ބަރުދަން ވަރަށް ބޮޑަށް ލުއިކޮށްދެއެވެ.
އަހިވައް ޖޫހަކީ ވަގުތުންވެސް ތައްޔާރުކޮށްލެވޭ އެއްޗެއްކަމުން ތާޒާކަންމަތީ ބޭނުންކޮށްލެވިދާނެއެވެ. އަދި ފިނިކޮށް ނުވަތަ އައިސްކޮށްވެސް ބޭނުންކޮށްލެވިދާނެއެވެ. އަހިވައް ޖޫހުން ޞިއްޙީ ގިނަ ފައިދާތައް ހޯދެއެވެ. ވަގުތުން ތާޒާކަންމަތީ ބޭނުންކޮށްލުމުން ވަރުބަލިކަން ފިލާދެއެވެ. ދުވަހުގެ ތާޒާކަން ގެނެސްދެއެވެ. ނޭނގިހުއްޓާ މީހާ ބަރުދަން ލުއިކުރެވޭ މިބުއިމުން ހަޤީގަތުގައި ވެސް ހަށިގަނޑަށް ތާޒާކަން ގެނެސްދެއެވެ. ރީތި ހަށިގަނޑެއްގެ ވެރިއަކަށްވުމަށް އަހިވައް މޭވާ ބޭނުންކޮށްލަމާ ހިނގާށެވެ.

