ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދު ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ލަފާކޮށްފިއެވެ.
މިއަދު ހެނދުނު 6:00އިން ފެށިގެން އިރުއޮއްސުމާ ހަމައަށް މޫސުން ލަފާކޮށް މެޓުން ބުނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ އެކި ހިސާބަަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ.
އަދި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މެޓުން ލަފާކުރިގޮތުގައިދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ހިސާބުތަކުގެ ކަނޑުތައްް އާދައިގެ ވަރަކަށް މަޑުވާނެއެވެ.
މީގެއިތުރުން އުތުރާއި މެދު ރާއްޖެ ތެރޭގައި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓުގައި ކަމަށާއި، ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓުގެ އުސްމިނުގައި ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.

