“ހަފުތާރެސް” ޕްރޮގްރާމް ގދ އަތޮޅުގައި ފަށައިފިއެވެ. ގދގެ ހުރިހާ ރަށަކުން ވެސް މި ޕްރޮގްރާމުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މި މިނިސްޓްރީ އާއި އެން.ސީ.ޓީ.ސީ ގުޅިގެން މިއަހަރު ހިންގާ ” ހަފުތާރެސް” ގެ ތިން ވަނަ ޕްރޮގްރާމެވެ.
މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވަނީ މި އަހަރުގެ ކުރީކޮޅު އައްޑޫ ސިޓީގައެވެ. ދެވަނަ ޕްރޮގުރާމު ބާއްވާފައިވަނީ ހދ އަތޮޅުގައެވެ.

