މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްއީ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ގދ އަތޮޅު ތައުލީމީ މަރުކަޒުގެ އެތްލީޓް އަހްނަފް ރައްޔާން ވާދަކުރި އިވެންޓްތަކުން ރަންމެޑަލް ހޯދައިފިއެވެ.
ރައްޔާން ވާދަކުރި އިވެންޓްތަކަކީ 100މ 200މ އަދި ލޯންގްޖަމްޕެވެ. މި ހުރިހާ އިވެންޓްތަކުން ރައްޔާން ވަނީ ރަންމެޑަލް ހާސިލްކޮށްފައެވެ. އަދި ރައްޔާންގެ ޓައިންމިންތަކަކީ ކުރިމަގުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިންނާއި ވާދަކޮށްލެވޭނެވަރުގެ ޓައިމް ތަކެކެވެ.

އިންޓަ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރި ރައްޔާން
މި އިވެންޓްތަކުން އެންމެ ހާއްސަ ވަނީ 200މ ދުވުމުން ހެދި މީޓް ރެކޯޑެވެ. މިރެކޯޑް ކުރިން ހަދާފައިވަނީ ތައުލީމީ މަރުކަޒުގެ ކުރީގެ އެތްލީޓް އަދި ބާރު ދުވުންތެރިވާ ނާހިލް ނިޒާރުއެވެ.
ކުރީގެ 200މ ގެ ޓައިމިންއަކީ 23:25 ސިިކުންތެވެ. ރައްޔާންގެެ ޓައިމިންއަކީ 23:12 ސިކުންތެވެ.
މި މުބާރާތުގައި ރައްޔާން ވާދަކުރި 100މ ދުވުމުން ރަންމެޑަލް ހާސިލްކުރިއިރު ޓައިމިންއަކީ 11:37 އެވެ. އަދި ލޯންގްޖަމްޕުން ރަންމެޑަލް ހާސިލް ކުރިއިރު ޓައިމިން އަކީ 6:03 މީޓަރެއެވެ.

މަކިޓާ ނެޝަނަލް ޗެމްޕިއަންޝިޕުގައި ވާދަކުރި ރައްޔާން ފޮޓޯއަކަށް ހުއްޓިގެން |
ރައުހަތު ސްޕޯޓްސް ކުލަބުން ތަމްރީން ހަދަމުން އަންނަ ރައްޔާން ވަނީ މިދިޔަ މަހު ފުވައްމުލަކުގައި ބޭއްވި މަކިޓާ ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއްވެސް ހޯދާފައެވެ. ގދ ތިނަދޫއަށް އުފަން ރައްޔާން އަކީ އުއްމީދީ ދުވުންތެރިއެއް ކަމަށް ގިނަބަޔަކަށް ގަބޫލު ކުރެވޭއިރު މިވަގުތު ރާއްޖޭގެ އެންމެ ބާރުދުވުންތެރިޔާ އިބާދުއްالله އަކީވެސް ތިނަދޫއަށް އުފަން އެތްލީޓެކެވެ.
ރާއްޖޭގެ މިވަގުތު ތިބި އެންމެ ބާރު ގިނަ ދުވުންތެރިންނަކީ ގދ އަތޮޅު ތައުލީމީ މަރުކަޒުގެ އިސްދަރިވަރުންނެވެ. ރާއްޖޭގެ މިވަގުތު އެންމެ ބާރުދުވުންތެރިޔާ އިބާދުالله އާދަމް، ނާހިލް ނިޒާރް، ނުޖޫމް ހަސަން އަދި އަހްނަފް ރައްޔާން އަކީ މިހާރު ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެތްލީޓުންނެވެ.

