މާތަކުގެ ހިތްގައިމުކަމާއި އެމާތަކުގެ އަސަރުތައްއެއީ އެތައްބަޔެއްގެ ހިތްތަކާ ނަފްސާ ފުރާނައިގެ ކާނާއެއްގެ ގޮތުގަ ސިފަކުރާ އެއްޗެކެވެ. މަލުން އެތަކެއް އުފާ ހާސިލްކުރެވޭއިރު، ލޯބީގެ އުފާ ތަކާ ވެސް މަލާ ގުޅުވައިދެއެވެ. ދިވެހިންގެ ތެރޭގައި މަޤްބޫލު ގުންޗަންޕާގެ ޖާދުލަކީ ކޮބައިތޯއެވެ.
ގުލްޗަމްޕާގެ ބިޔަގަސްތައް ރަށްރަށުގެ އޮފީސް ތަކުގަޔާއި، މިސްކިތާއި ސްކޫލްތަކުގައި ހެދިފައިވުމުން އެގަސްތަކުން ރަށަށް ވަނީ ހިތްގައިމުކަން ގެނެސްފައެވެ. ގުލްޗަމްޕާ ގަސްތައް ފެންނަންހުންނަނީ މާދުރުން ދިއްލޭ ހުދު ބޮކި ތަކެއްގެ ގޮތުގައެވެ. މިގަސް ސަހަރާތަކުގައިވެސް ބޮޑެތި ބިޔަ ގަސްތަކެއްގެ ގޮތުގައި ހެދިފައިވާތަން ފެންނެއެވެ.

މި ބިޔަ ގަސް ގޭގޭގެ ރީތިކަން ފަޅުފިލުވައިދިނުމަށް ހައްދާފައި ހުރެއެވެ. ގުލްޗަމްޕާގަހުގެ ސަބަބުން އެތަކެއް ހިތްގައިމުކަމެއް އިތުރުވެއެވެ. އާންމު އެހެންގަސްތަކާ ޙިލާފަށް މިގަސް އިންދާ ހެއްދުމުން ތަފާތު އިހުސާސްތައް ކުރުވާ ކަމަށްވެއެވެ. ހިޔާ ލިބޭ ގުލްޗަމްޕާގެ އާދަޔާ ޙިލާފު ރީތިކަމަކީ ގަހާމެދު މީހުންގެ ހިތްތަކުގައި ޙާއްސަ ގަދަރެއްދެވިފަވުމެވެ.

މިގަހަކީ ވަރަށް ޒަމާންތަކަކަށް ހެދޭ ގަހެއްކަމުން މިގަސް މިހާރު ރަށްރަށުން ފެންނަންހުރީ ވަރަށްބޮޑަށް މޫލާހެދި ވަރުދަދަވެފައިވާ ގަސްތަކެއްގެ ގޮތުގައެވެ. މިފަދަ ބައެއްގަސްތަކާ ގުޅޭގޮތުން އުމުރުން ދުވަސްވީ މީހަކާ ވާހަކަދައްކާލުމުން އެނގިފައިވަނީ މިއީ ވަރަށް ފަސޭހައިން ހެއްދޭ ގަހެއް ކަމެވެ. މިގަސް ވަރަށްގިނަ މުއްދަތަކަށް ހުންނަ ކަމަށްވެއެވެ. އެގޮތުން 100 އަހަރަށްވެސް މިފަދަ ގަހެއް ހުރެދާނެ ކަމަށް ގިނަބަޔަކު ބުނެއެވެ.
ގުލްޗަމްޕާގެ ބައެއް ސިފަތައް:
އާންމު ގުލްޗަމްޕާގަހެއްގެ ދިގުމިނުގައި 30 ފޫޓެއެވެ. ގުލްޗަމްޕާ ގަހުގެ ފަތަކީ ބޯކޮށް ހުންނަ ބޮޑުފަތެކެވެ. ގުލްޗަމްޕާ މަލުގައި ރީނދޫ، ފިޔާތޮށި ހުދު އަދި ރަތް ކުލަ ހުރެއެވެ. ގުލްޗަމްޕާއަކީ ދެކުނު އެމެރިކާއިން އުފެދުނު ގަހެކެވެ. މިގަސް ދުނިޔޭގެއެކި ހިސާބުތަކުގައި ވަނީ ހެދިފައެވެ. މިގަހުގެ 12 ބާވަތެއް ހުންނަކަމަށްވެއެވެ. ނަމަވެސް ރާއްޖެއިން ފެންނަނީ މަދު ބާވަތެކެވެ. ގުލްޗަމްޕާގަހުގައި ހުންނަމާ ފޮޅެނީ އަހަރުގެ މެދުތެރޭގައެވެ. އެއީ މޭ މަހުންފެށިގެން ނޮވެމްބަރާއި ހަމަޔަށެވެ.
ގުލްޗަމްޕާ ގަހާއި ގުޅޭގޮތުން އެކިމީހުން ތަފާތުކޮށް މާނަކުރެއެވެ. އެގޮތުން ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އިންސާނާގެ ނާޒުކު ދިރިއުޅުމުގެ ރަމްޒެއްގެ ގޮތުގައި ގުލްޗަމްޕާ ގަސް ދެކޭއެވެ. އޭގެ ތެރެއިން ހުރިހާ ދިރުމެއްގެ މަގުފަހިކޮށްދޭ ވަސްވަނީ ގުލްޗަމްޕާއެކު އެކުލެވިފައެވެ.

