މިފްކޯގެ މާލީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު 322 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
މިފްކޯއިނ ބުނީ 2022 ވަނަ އަހަރު މިއަދަދު އުޅުނީ 258 މިލިޔަނުގަކަމަށެވެ. މިއީ ކުރީ އަހަރާއަޅާބަލާއިރު 35 އިންސައްތަ އަދަދެކެވެ.
މިފްކޯގެ ފަސްމީރު އުފެއްދުންތައް ވިއްކައިގެން އާމްދަނީ އިތުރުވެފައިވާއިރު ދަޅުމަސް އަދި ޕައުޗްގައި ބަންދުކުރި މަސް ވިކުނު އަދަދުވެސްވެސް މިދިޔަ އަހަރު އިތުރުކަމަށް މިފްކޯއިން ބުނެއެވެ.
ވަޅޯމަސް ވިއްކައިގެން މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 24 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ގަނޑުކުރި ކަންނެލި ވިއްކައިގެން މިދިޔަ އަހަރު އެ ކުންފުންޏަށް 10.5 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގަ ކުރީ އަހަރަށްވުރެ މި އަހަރު ލިބުނު ފައިދާގެ އަދަދުބޮޑެވެ.

