ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު، އޮލިމްޕިއަންސްގެ ޝޯތައް އަލުން ބާއްވާތީ ޢަލީ ރަމީޒް (އައްޔަ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން އިންތިޒާމުކުރާ ”އޮލިމްޕިއަންސް ވިތު ޔޫތު” ގެ ޝޯތައް ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 17 އިން 19 ގެ ނިޔަލަށެވެ. މީގެކުރިން އޮލިމްޕިއަންގެ ޝޯތަކެއް އެންމެ ފަހުން ބާއްވައިފައިވަނީ 2017 ގައެވެ.
ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު މި ހަރަކާތް އަލުން ފަށަން ނިންމުމާ ގުޅިގެން ޢަލީ ރަމީޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއުޒިކަކީ ﷲ ނަހީ ކުރައްވާފައިވާ ކަމެއް ކަމަށެވެ.
ހުއްޓިފައި ހުރި މިފަދަ މުންކަރާތްތައް ދިރުވައި އާލާ ކުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ލަވަކިޔުންތެރިޔާ ޢަލީ ރަމީޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޢަލީ ރަމީޒް ލަވަކިޔުން ހުއްޓައިލީ 2003 ވަނަ އަހަރުއެވެ. އޭގެފަހުން ޢަލީ ރަމީޒް ފެނިގެންދިޔައީ މަދަ
ޢަލީ ރަމީޒް ވިދާޅުވެފައިވާ ގޮތުން އޭނާ މިއުޒިކާ ދުރަށް ދިޔައީ އެއީ ހަރާމް ކަމަކަށްވާތީއެވެ. މިއުޒިކް ކުޅެ، ލަވަ އަޑުއަހައި ހެދުމަށް އިސްލާމްދީނުގައި ކުޑަވެސް ފުރުސަތެއް އޮތްނަމަ އެކަން ހުއްޓާނުލީސް ކަމަށް ވެސް ޢަލީ ރަމީޒް ވިދާޅުވެފައިވެއެވެ.
ޢަލީ ރަމީޒް މީގެކުރިން ވަނީ އޭނާގެ ލަވަތައް މީސްމީޑިއާގައި ދައުރު ނުކުރުމަށް ވެސް އިލްތިމާސްކުރައްވާފައެވެ.

