ރައްޔިތުންގެ މަޖިލީހުގެރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާގައި، ހަމަލާދިންކަމަށް އެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަހްމަދު އަދުހަމް ދައުވާއަށް އިޢުތިރާފްވެ އެއްބަސްވެއްޖެއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަށް ދީފައިވާ މިނުރައްކާތެރި ހަމަލާގައި، ބޮންގޮއްވާލުމަށް އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލުމުގައި ޙަރަކާތްތެރިވި މީހަކީ އަދުހަމެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާގައި، އައިއީޑީ ގޮއްވާލި އަދުހަމުގެ މައްޗަށް ކުރާ ދައުވާތަކަށް އޭނާ ވަނީ މިއަދުގެ ޝަރީއަތް ފެށުމާއެކު އެއްބަސްވެ އިއުތިރާފުވެފައެވެ.
އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ގެ އިތުރުން ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާތަކަށް އަދުހަމު އެއްބަސްވެފައި ވަނީ ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހަދައި އޭގައިވާ ގޮތަށެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 40 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން އެ ހުކުން ލުއިކޮށްފައި ވަނީ 23 އަހަރަށް ޖަލަށް ލުމަށެވެ.

