ގޭގެއި ގެންގުޅޭ އިސްތިރި ހަޑިވާ މައްސަލައަކީ ވަރަށްބޮޑު މައްސަލައެކެވެ. މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ފަސޭހަ ކަމެއްކަމަށްވިޔަސް މިކަން ގިނަފަހަރަށް އޮންނަނީ ނުވެއެވެ. އާންމުކޮށް ގިނަދުވަހު އިސްތިރިކުރުމުން އިސްތިރީގެ އިސްތިރިކުރަން ބޭނުންކުރަމުންދާ ދަގަނޑުބައި ވަރަށްބޮޑަށް ހަޑިވެއެވެ.
އަދި މިގޮތަށް ހަޑިވާކަމުގައިވާނަމަ ހުދު ހެނދުމާއި އާންމުކޮށް ބޭނުންކުރާ އަލި ކުލަތަކުގެ ފޮތިން ހުންނަ ހެނދާމާއި، ގަމީސް، ބުރުގާ ވެސް އިސްތިރީގައި ހުންނަ ކުލަ އަރާ ހަޑިވެއެވެ. އެހެންކަމުން ދެވަނަފަހަރަށް އާ ހެނދުމެއް ކަމަށް ވިޔަސް ހެނދުން ބޭނުންނުކޮށް އެއްލާލަންޖެހެއެވެ.
އަވަސްއަވަހަށް ގެއަށް އައިސް ފިރިމީހާ ގަމީސް ލާން ބަލާއިރު ގަމީސް ރަތްކުލައަރާ ހަޑިކޮށްއޮތުމަކީ ގައިމު ފިރިމީހާ ހިތްހަމަނުޖެހޭނެ ކަމެއްކަންޔަގީނެވެ. ފިރިމީހާބަލާނީ އެއީ އަނބިމީހާގެ ހުންނަ ނުކުޅެދުންތެރިކަމުން ނުވަތަ އޭނާގެ ކަންނެތްކަމުގެ ސަބަބުން ވާކަންތައްތައް ކަމަށެވެ. މިހާ ހިސާބުން ވަރިފަށަށް އެރުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއޮތީ މިފަދަ ހާލަތަކާ ކުރިމަތިލާންޖެހުމުގެ ކުރިން ހައްލެއް ލިބިދާނެގޮތެކެވެ. ނިކަން އަޖުމަބަލާލަމާ ހިނގާށެވެ.
އިސްތިރި ސާފްކޮށްލުމަށް އެހީއެއް✨
ބޭނުންވާ ސާމާނު:
ލުނބޯ
ބޭކިން ސޮޑާ
ހުދު ވިނެގާ
މަޑު ފޮތިގަނޑެއް ނުވަތަ ސްޕޮންޖެއް
ފެން
ބޭނުންކުރާނެ ގޮތް:
ކްލީނިން ސޮލިއުޝަން ތައްޔާރުކުރުން: ބައިތަކާއި އެއްވަރަށް ފެނާއި ވިނެގާ އެއްކޮށްލުމަށްފަހު، މޭޒުމަތީ ސަމުސާ ލުނބޯ ޖޫހާއި ޕޭސްޓެއް ހެދުމަށް ބޭނުންވާ ވަރަށް ބޭކިން ސޯޑާ އެއްކޮށްލާށެވެ. އެއަށްފަހު މިކްސް ކޮށްލާށެވެ. ދެން ދަގަނޑުގެ ފިނިކަން ކަށަވަރުކުރުމަށްފަހު މަޑު ފޮތިގަނޑަކުން ދަގަނޑުގެ ތަށީގައި ޕޭސްޓް އަޅާލާށެވެ. އިރުކޮޅަކުން އޮމާން ފޮތިގަނޑަކުން ފޮހެލާށެވެ. ދެން ސާފު ފެނުން އަނެއްކާވެސް ސްޓީމް ކޮށްލާށެވެ. ދަގަނޑު ސާފުކޮށް، އެއްވެސް ބާވަތެއް ނެތްކަން ކަށަވަރުކުރާށެވެ.
އިސްތިރި ސާފް ކުރުމަށްމިދީފައިވާ އިރުޝާދާއި އެއްގޮތަށް އަމަލުކޮށްލަމާ ހިނގާށެވެ. ފިރިމީހާ ލާން ބޭނުންކުރާ ހުދު ގަމީސް ތަކަށްއާދިރުމެއް ގެނެސްދެވޭނެއެވެ. އަމިއްލައަށް ލާން ބޭނުންކުރާ އަންނައުނަށްވެސް ހާއްސަ ރީތިކަމެއް ގެނެސް ދެވޭނެއެވެ.

