ރައީސްގެ މެނިފެސްޓޯގެ ވަޢުދުގެ ތެރެއިން ވައުދުފުޅާ އެއްގޮތަށް މިސްކިތްތަކަށް ދެ އިމާމުން އައްޔަނުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރައީސްގެ ވަޢުދު ތަންފީޒުކުރުމުގެ ގޮތުން މާލެ، ފުރުޤާން މިސްކިތް، އަދި ހުޅުމާލެ އާލް ސާނީ މިސްކިތުގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން 2 އިމާމުން ތިއްބަވާނެ ކަމަށެވެ. އެގޮތުން މާލޭގައި ހުންނަ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ނަގާފައި މާލެ ސަރަޙައްދުގައި ހުންނަ ބޮޑު 2 މިސްކިތުގައި އިމާމުން ބޭއްތިއްބުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގައި ހުރި އިސްލާމީ މަރުކަޒުތަކަށް ވެސް ޢިލްމުވެރި 2 އިމާމުން ޢައްޔަންކުރެވިގެންދާނެ ކަމަށްވެވަނީ ބުނެފައެވެ.
މީގެ އިތުރުން ހިލޭ ސާބަހަށް ކީރިތި ޤުރުއާން ކިޔަވައި ދިނުމުގެ ވަޢުދު ފުއްދުމުގެ އިތުރުން ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދިނުމައްޓަކައި، ވިލި މާލެގައި ޤުރުއާން މަރުކަޒްގެ ގޮފި މިއަދު ހުޅުވިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިގޮފި ހުޅުވިގެން ދަނީ ހުޅުމާލެ އަލް ބިއްރު މިސްކިތުގެ ބައެއްގެ ގޮތުގައި ކަމަށާއި، މި މަސައްކަތް ޤާއިމު ކުރެވިގެން މިދަނީ މާލެ ސިޓީ ކައުންސިލާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒް ގުޅިގެން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

