ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިމާވެފައިވާ މައްސަލައަކާއި ގުޅިގެން ހިދުމަތް މެދުކެނޑޭނެ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
” މެއިންޓެނެންސްގެ ސަބަބުން ކަސްޓަމަރުންނަށް މިރޭ ފަތިހު 2:30 އިން ފަތިހު 5:30 އާ ދެމެދު 15-30 މިނެޓު ވަންދެން އަޅުގަނޑުމެންގެ ހިދުމަތް މެދުކެނޑޭނެ” ބީއެމްއެލް
އެބެންކުން ބުނީ ހިދުމަތް މެދުކެނޑޭއިރު، އިންޓަނެޓް ބޭންކިން، އޭޓީއެމް، ޕީއޯއެސް މެޝިން، ޕޭމަންޓް ގޭޓްވޭ، ޑޮލަރު ބުކިން ޕޯޓަލް އަދި ފަވާރާގެ ހިދުމަތްތަކަށް ހުރަސް އެޅޭނެ ކަމަށެވެ.
ބީއެމްއެލްއިން ބުނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ. މީގެ ކުރިންވެސް ބީއެމްއެލްއިން ދެމުންދާ ހިދުމަތްތަކަށް ހުރަސްއެޅެއެވެ. ނަމަވެސް އެ ބެންކުގެ މުވައްޒަފުންގެ މަސައްކަތުން ކަސްޓަމަރުންގެ ފަސޭހައަކަށްޓަކާ މަސައްކަތް ހައްލަު ކުރެއެވެ.

