ކ. މާފުށީގައި ޑައިވިން އަށް ގޮސް އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، ހުޅުމާލެ ބޭރުގައި އޮންނަ ޝާކް ޓޭންކް ޑައިވް ޕޮއިންޓުން، ފަތުރުވެރިއެއްގެ ބޮލަށް މިޔަރެއް ވަނީ ހަމަލާ ދީފައެވެ. މިއީ މާފުށީ އެރީނާ ޑައިވް ސެންޓަރުން ދިޔަ ފަތުރުވެރިއެއް ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.
ފުލުހުން ބުނީ މިޔަރެއް ހަމަލާ ދީފައި ވަނީ ޗައިނާއަށް ނިސްބަތްވާ 45 އަހަރުގެ އަންހެން ފަތުރުވެރިޔަކަށް ކަމަށެވެ.
އޭނާއަށް މިހާރު ހުޅުމާލެ ގައި ހުންނަ ޓްރީޓްޕް ހޮސްޕިޓަލުން ފަރުވާދެމުން ދާމަކަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.

