ހުޅުމާލޭގެ ވަން އެވެނިއު އެޕާޓްމަންޓަކަށް ބަޔަކު ވަދެ، މުދަލަށް ގެއްލުން ދިން މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު 6:32 ހާއިރު ހުޅުމާލެ ވަން އެވެނިއު އެޕާޓްމަންޓަކަށް ވަދެ، މުދަލަށް ގެއްލުންދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

