އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހިތަދޫ އާރިކިޅިއާ ދިމާލަށް ދެކުނު ފަރާތުގައި އޮތް ފަޅުގޯއްޗެއްގައި އެއްކޮށްފައި ހުރި ކުނިތަކެއްގައެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ 19:30 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި ގާތްގަނޑަކަށް 15 މިނެޓުގެ ތެރޭގައި، 19:45 ހާއިރު، އަލިފާން ވަނީ މުޅިން ނިއްވާލެވިފައެވެ.
އެމްއެންޑީއެފްއިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ

