މިހާރު ކުރިޔަށްދާ ކޮޕް29 ގެ ދިވެހިރާއްޖޭގެ ސައިޑް އިވެންޓްގައި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް، ރާއްޖޭގެ ހަކަތައިގެ ރޯޑްމެޕް ތައާރަފު ކޮށްދެއްވައިފިއެވެ.
މި ރޯޑްމެޕްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކުރާނެ މަސައްކަތްތަކުގެ ތަފްސީލު ހިމެނިފައިވެއެވެ.
ވަޒީރު ތާރިގް އިބްރާހީމް ވިދާޅުވީ މި ރޯޑްމެޕަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ލަނޑުދަނޑި ހާސިލު ކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮޕް29 ގައި ބޭއްވު29 ގައި ބޭއްވުނު މި ހާއްސަ އިވެންޓްގައި ރާއްޖޭގެ އެކި ދާއިރާތަކުން ބައިވެރިވި ފަރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ މަންދޫބުން ވެސް ބައިވެރިވިއެވެ. މި ރޯޑްމެޕް ތަންފީޒު ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރިއެވެ.

