ހުޅުމާލެ ރާކަނި ބީޗްގައި މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރު ކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ހުޅުމާލެ ރާކަނި ބީޗުގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިންގި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއްް ނިންމުމަަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. ހައްޔަރު ކުރި މީހާއަކީ މާލެސިޓީއަށް ނިސްބަތްވާ މީހެއްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ހައްޔަރުކޮށްފައިވާ، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގެ މުއްދަތު ކޮމިޓީއަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައިވާ މީހާއަކީ، ހެންވޭރު ހޯގުޅާމަންޒިލު، 41 އަހަރުގެ މުހައްމަދު ޝަމްއޫނު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިއީ ދެމީހެއް ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

