މ. ދިއްގަރު ސިއްހީ މަރުކަޒުގައި ގާއިމު ކުރި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި މެޑަމް ސާޖިދާ މުހައްމަދު ހުޅުއްވައި ދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާގެ އިތުރުން މިނިސްޓްރީގެ އިސްބެފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ކްލިނިކް ހުޅުވައިދެއްވުމަށްފަހު ރައީސްގެ އަނބިކަނބަލުން ވަނީ ކްލިނިކް ބައްލަވާލައްވައި، ފޯރު ކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވައިފައެވެ.
ކްލިނިކް ބައްލަވާލެއްވުމަށްފަހު ރައީސްގެ އަނބިކަނބަލުން ވަނީ ދިއްގަރު ސިއްހީ މަރުކަޒުގެ އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި، ދިއްގަރު ސިއްހީ މަރުކަޒުގެ ފަރާތުންނާއި އަދި ދިއްގަރު ކައުންސިލު އިދާރާގެ ފަރާތުން ވަނީ ރައީސްގެ އަނބިކަނބަލުންނަށް ހަދިޔާއެއް ވެދުމަށް އަރުވައިފައެވެ.

