ހެނދުނު މޭވާ ކެއުމުން ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެއެވެ. މީގެ ތެރެއިން ދޮންކެޔޮމީ ވަކިން ފައިދާތައް އިތުރަށް ލިއްބައިދޭ މޭވާއެކެވެ. ދޮންކެޔޮ ކެއުމުން ވަރުހުރެ ހަކަތަ ލިއްބައިދެއެވެ. އަދި ހަރަކާތްތެރިކަން އިތުރުވެއެވެ. އެންމެ މުހިންމު އެއް މޭވާ ބާވަތް ކަމުގައިވާ ދޮންޔޮލަކި އެތައްގުނަޔަކުން ފައިދާތައް އިތުރުކުރުވާ މޭވާއެކެވެ. ދޮންކެޔޮ ބޭނުންކުރުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ހަޖަމުކުރުމަށް ފަސޭހަ ވެއެވެ. މޭވާގައި ފައިބަރު ގިނަކަމުން ހަޖަމުކޮށްދީ ލޭގައި ހަކުރު ރެގިއުލޭޓް ކޮށްދެ އެވެ.

ދޮންކެޔޮ
ދިފާއީ ނިޒާމް ވަރުގަދަވެއެވެ. އަދި މޭވާގައި ވިޓަމިންސް އާއި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާ އިރު، އޭގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށްދެ އެވެ. ހަކަތަ އިތުރުކޮށް މޭވާގައި ހިމެނޭ ގުދުރަތީ ހަކުރުތަކުން ސެލްތަކަށް ހަކަތަ ފޯރުކޮށްދެއެވެ. ޑިޓޮކްސިފިކޭޝަން މޭވާގެ ސަބަބުން ހަށިގަނޑަށް ވިހަ މާއްދާތައް ނައްތާލައި، ލިވާ އާއި ކިޑްނީގެ މަސައްކަތް ތައް ކުރިއެރުވުމަށް އެހީތެރިވެދެ އެވެ.
ފަލަވުން ކޮންޓްރޯލްވެސް ކުރެވެއެވެ.
ކޮންމެ ދުވަހަކު ހެނދުނު ދޮންކެޔޮވަކަކާއި ކިރުތައްޓެއް ބޭނުންކުރާށެވެ. އޭރުން ސިއްހަތަށް ވަރަށް ބޮޑު ރަނގަޅު ފައިދާތަކެއް ކުރާނެއެވެ. ދޮންކެޔޮލަކީ ރާއްޖޭގައި އެންމެ އާންމުކޮށް ލިބޭނެ އަދި ފަސޭހައިން ހެއްދޭ މޭވާއެއްކަމުން ކޮންމެ ދުވަހެއްގަވެސް ދޮންކެޔޮ ވަކެއް ކާން ޖެހެއެވެ.
މިހާ ހިސާބުން މި ބަލާލަނީ ދޮންކެޔޮލާއި ގުޅޭ މައުލޫމާތު:
ތާރީޚް: ދެކުނުއިރުމަތީ އޭޝިއާގައި އެންމެ ފުރަތަމަ ދޮންކެޔޮ ބޭނުންކުރި ކަމަށް ބެލެވޭ އިރު، ދޮންކެޔޮ ކެއުމުގެ ވާހަކަ ފުރަތަމަ ފާހަގަވަނީ ގްރީކް، ލެޓިން އަދި އަރަބި ލިޔުންތަކުގައި ކަމަށްވެއެވެ.

ކެޔޮ ގަހެއްގަ ކެޔޮގަޑެއް އަޅާފަ
ގިނަ ސަރަޙައްދުތަކުގައި ކާބޯތަކެތީގެ މައިގަނޑު ބާވަތަކަށް ދޮންކެޔޮ ވެފައވާއިރު، ދަނޑުވެރިކަން އިތުރުވެ، 19 ވަނަ ޤަރުނުގައި އެމެރިކާގެ ބާޒާރުތަކުން ދޮންކެޔޮ ފެންނަން ފެށި ކަމަށްވެއެވެ.
މިހާރ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޮންކެޔޮ ހައްދާ އޭގެ ފިޔަފާރިތައް ކުރެވޭއިރު، މަދުބާވަތްތަކެއް ނަމަވެސް ރާއްޖޭގައި ހެއްދެއެވެ.
އަދި އެ ބާވަތްތައް މާކެޓްވެސް ކރެވެއެވެ. ހަށިގަނޑަށް ފައިދާހުރި މި މޭވާ ކޮންމެ ގޮތެއްވިޔަސް ބޭނުން ކުރަން ޖެހެވެ. އަމިއްލަ ގޯތީގެ އޮންނަ ހުސަތަކުގައި މި ގަސް އިންދާ ހައްދާ ވެސް ބޭނުންލުރެވޭނެއެވެ. އެހެންކަމުން ނުގަނެވެސް ލިބޭ މި މޭވާ ބޭނުން ކުރަންޖެހެއެވެ.

