ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަރަނީގެ މައްސަލަ ކަމަށާއި، މި މައްސަލަ ހައްލުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ސަރުކާރަށް މިއަދު އެއް އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެއްވެސް ކަހަލަ ތަރުތީބެއްނެތި ދަރަނިތައް ދެއްކުމުގައި ވެސް ނެތް އެބޭފުޅުންގެ [އެމްޑީޕީ ސަރުކާރުގެ] މިންގަނޑުތަކެއް ކަނޑައެޅިފައެއް ވެސް. އެ ކަންކަން ހައްލުކުރެވިފައިވާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ދަރަނިތައް ދައްކަން ހުރި ގައުމުތަކުން ވެސް ސަރުކާރާ ރަނގަޅު ގުޅުމެއް ބަދަހިކޮށްފައިވާ ކަމަށާއި، ޚާރިޖީ ސިޔާސަތުތަކުގެ ތެރެއިން ވާހަކަ ދެކެވި، ވަރަށް ބޮޑެތި ލުއިތަކެއް ލިބެމުންދާ ކަމަށެވެ.
މިއީ ވެސް ލިބުނު ކާމިޔާބީއެއް ކަމަށާއި، މި ކާމިޔާބީތައް ލިބުމުގެ އަސްލަކީ ސަރުކާރުގެ ޚާރިޖި ސިޔާސަތުތައް ބައްޓަންކުރެވިފައިވާ ގޮތް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ދުނިިޔެ ގަބޫލުކޮށްފި އަޅުގަނޑުމެންގެ ސިޔާސަތުތައް. އެއީ އަޅުގަނޑުމެންނަށް ލިބެމުންދާ އެންމެ ބޮޑު ކާމިޔާބީ.
ރައީސް ޑރ. މުޢިއްޒު އިގުތިސާދީ ގޮތުން އެންމެ މުހިންމު ވައުދަކަށް ވެވަޑައިގެންނެވި އެއް ވައުދަކީ ފައިސާ ޗާޕުކުރުން ހުއްޓާލުމެވެ. އެކަން ވެގެން ދިޔައީ ވަރަށް އުނދަގޫ ކަމަކަށް ނަމަވެސް މިއަދާ ހަމައަށް އައީ ބޮޑެތި އިންޓްރެސްޓް ރޭޓުތަކުގައި އެއްވެސް ލޯނެއް ނުނަގައެވެ. އަދި ފައިސާ ޗާޕުނުކޮށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން ތަރައްގީގެ މަސައްކަތްތަކާއި އަދިވެސް މުހިންމު ކަންތައްތައް ކުރަމުން، ބޭރުގެ ދަރަނިތައް ވެސް އެންމެ ލޯނެއް ޑިފޯލްޓްނުވެ އައީ ދައްކަމުންނެވެ.

