ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެއާ ޓްރާންސްޕްލާންޓް ސާޖަރީއެއް މެޑިކާ ހޮސްޕިޓަލުން ކޮށްފިއެވެ. މިއީ ރާއްޖޭގެ ސިއްހީ ހިދުމަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވޭ، ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރެވުނު ހިދުމަތެކެވެ.
މި އެޑްވާންސްޑް ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތީ ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ސާޖަރީގެ ދާއިރާއިން ތަޖުރިބާ ހޯއްދަވާފައިވާ މަޝްހޫރު ޑރ. މަނޯޖް ސަނަޕް އެވެ. އިންޑިއާގެ ޑރ. މަނޯޖް ސަނަޕް އަކީ މިދާއިރާގައި 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެކެވެ. އޭނާއަކީ އިންޑިއަން އެންޑް އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އެސްތެޓިކް ސަރޖަންސްގެ މެމްބަރެއްވެސް މެއެވެ.
ޑރ. މަނޯޖް ސަނަޕް އަކީ ޕްލާސްޓިކް އެންޑް ރީކޮންސްރަކްޓިވް ސާޖަރީގެ އިތުރުން ހޭންޑް އެންޑް މައިކްރޯ ސާޖަރީ، އެސްތެޓިކްސް އަދި ކޮސްމެޓިކް ސާޖަރީއަށް ހާއްސަވެފައިވާ ޑޮކްޓަރެކެވެ. އޭނާގެ ތަޖުރިބާގެ ތެރޭގައި ލިޕޯސަކްޝަން، ޓަމީ ޓަކް، ކޮސްމެޓިކް ގައިނޮކޮލޮޖީ ސާޖަރީ، އަދި ހަކުރު ބަލީގެ މީހުންގެ ފައިތިލައަށް ދޭންޖެހޭ ފަރުވާ ފަދަ ގިނަ ދާއިރާތަކެއް ހިމެނެއެވެ.
މި އައު ހިދުމަތް ތައާރަފުވުމާއެކު، ކުރިން ރާއްޖެއިން ބޭރަށް ގޮސްގެންނޫނީ ނުލިބޭ ރީތިވުމުގެ ހާއްސަ ފަރުވާތައް މިހާރު ރާއްޖެއިން ލިބިގަތުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން އިސްތަށިފޭބުމުގެ މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް އަމިއްލަ ނަފްސަށް އިތުބާރު އަލުން ހޯދައިދީ، ދިރިއުޅުމަށް އާ ފެށުމެއް ގެނެސްދޭނެ ކަމަށް ބެލެވެއެވެ.
ޑރ. މަނޯޖް ސަނަޕް ރާއްޖޭގައި ބަލިމީހުން ބައްލަވަން ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުއްދަތުގައި ޑޮކްޓަރަށް ދެއްކުމަށް އެދޭ ފަރާތްތަކަށް މެޑިކާ ހޮސްޕިޓަލުގެ ފޯނު ނަންބަރު 3002255، ވަޓްސްއެޕް ނަންބަރު 9748013، ނުވަތަ ވައިބާ ނަންބަރު 7280622 މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދެވޭނެއެވެ.
މި އައު ހިދުމަތް ތަޢާރަފުވުމާއެކު، ރާއްޖޭގެ ސިއްހީ ހިދުމަތް ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކާ އިތުރަށް ގާތްވެގެންދާނެ ކަމަށް ބެލެވެއެވެ. މެޑިކާ ހޮސްޕިޓަލުން ވިދާޅުވާ ގޮތުގައި، އެ ހޮސްޕިޓަލުން މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ކުރިއެރުވުމަށާއި، ޒަމާނީ ފަރުވާތައް މެދުވެރިކޮށް ބަލިމީހުންނަށް ރަނގަޅު ނަތީޖާއެއް ގެނެސްދިނުމަށެވެ.
މި ފުރަތަމަ ހެއާ ޓްރާންސްޕްލާންޓް ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ގައިމެވެ. މީގެ ސަބަބުން، ކުރިން ރާއްޖެއިން ބޭރަށް ދަތުރުކޮށްގެން ހޯދަން ޖެހުނު މި ފަދަ ފަރުވާތައް މިހާރު ރާއްޖޭގައި ތިބެގެން ލިބިގަތުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
މި އައު ހިދުމަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މެޑިކާ ހޮސްޕިޓަލުގެ ވެބްސައިޓް ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް މައުލޫމާތު ލިބިވަޑައިގަންނަވާނެ އެވެ.

