ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު، ރާއްޖެ އައި ކާގޯގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޖީހް ވިދާޅުވީ ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަ އަހަރު، ރާއްޖެ އައި ކާގޯގެ އަދަދު، ފާއިތުވި އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.
އެކަން ފާހަގަކުރައްވައި ވަޖީހުގެ ޕޯސްޓުގައި ވަނީ އެމްޕީއެލްގެ ހިސާބުތަކުން ދައްކާ ނަންބަރުތައް ހިއްސާކުރައްވައިފައެވެ.
17 ނޮވެމްބަރު 2023 އިން 16 ނޮވެމްބަރު 2024 އަށް ރާއްޖެ އައި ކާގޯ އަދަދު:
- ކޮންޓެއިނަރ/ ޓީއީޔޫސް (ތުރޫޕުޓް) ގެ އަދަދު: 135110
- ޖެނެރަލް ކާގޯ: 144330 ފުރައިޓު ޓަންސް
17 ނޮވެމްބަރު 2022 އިން 16 ނޮވެމްބަރު 2023 އަށް ރާއްޖެ އައި ކާގޯގެ އަދަދު:
- ކޮންޓެއިނަރ/ ޓީއީޔޫސް (ތުރޫޕުޓް) ގެ އަދަދު: 123967
- ޖެނެރަލް ކާގޯ: 118710 ފުރައިޓު ޓަންސް
ވަޖީހް ވިދާޅުވި ގޮތުގައި، މި ހިސާބުތައް ދައްކާ ގޮތުން، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރާއްޖެ އައި ކާގޯގެ އަދަދު ވަނީ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު %16 އިތުރު ވެފައެވެ. އެއީ ކޮންޓެއިނަރައިޒް ކާގޯ %9 އަދި ޖެނެރަލް ކާގޯ %22 އިތުރުވުމެކެވެ.
މިއީ ނިސްބަތުން އެހެން އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއްކަން ވަޖީހް ފާހަގަކުރެއްވިއެވެ.

