ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް އަންނަ އަހަރުގެ ރޯދަ މަހަށް މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މި ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ސޯޝަލް ސެންޓަރުގެ ހޯލުގައި ބޭއްވި ޖަލްސާގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ގޭބިސީތަކަށް މަސްދަޅު ކޭސް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އެސްޓީއޯއަށް އަންގަވާފައިވާނެއެވެ. މިއީ ރޯދަ މަހުގައި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅެކެވެ.
މިދިޔަ ރޯދަ މަހު ސަރުކާރުން ކޮންމެ ގެއަކަށް ހަނޑު ބަސްތާއަކާއި ފުށް ބަސްތާއެއް އެސްޓީއޯ މެދުވެރިކޮށް ދިންކަން ފާހަގަކޮށްލެވެއެވެ. މިއަހަރު މަސްދަޅު ކޭހެއް ދިނުމަށް ނިންމުމަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ އިތުރު ފިޔަވަޅެކެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ދިން ފުރަތަމަ ޑިސްކައުންޓެއްގެ ގޮތުން މިދިޔަ ރޯދަމަހު ސަރުކާރުން ކަރަންޓް ބިލުން ޑިކްސްކައުންޓް ދީފައިކަމަށެވެ. އެގޮތުން ކަރަންޓް ބިލުން މިދިޔަ ރޯދަމަހު 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާކަަމަށެވެ. މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑު ދޫކޮށްފައެވެ. އެގޮތުން އެސްޓީއޯ މެދުވެރިކޮށް، ކޮންމެ ގެއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ދިނެވެ.
“މިއީ މިދިޔަ އަހަރުގެ ތެރޭގައި ކުރި މަސައްކަތް. މީ ހިލޭދީފައި ހުރި އެހީތެރިކަން ސަރުކާރުން، ކުރިން ނުކުރާ ކަންތައްތައް.” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
މިއަހަރު ސަރުކާރުން ދޭ އެހީއަށް ބަދަލު ގެންނަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފައެވެ. އެގޮތުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

