2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭންކް ކާޑުގެ ޑޮލަރު ލިމިޓް 1400 އަށް އިތުރުކުރުމަށާއި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް 1000 ޑޮލަރު ބޭންކް ރޭޓްގައި ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިންގެ ބޮލަކަށް ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް އިސްލާހުކުރި ގަވާއިދާއެކު، ޑޮލަރުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމޭހިސާބަށްދާއިރަށް ސަސްޓެއިން ކުރެވޭ ގޮތަށް ޑޮލަރު މާރުކުރާ ކަމަށްވަންޏާ 1400 ޑޮލަރާ ހަމަޔަށް ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑުކޮށްދޭނަން،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް މިހާރު ލިބޭ 500 ޑޮލަރުގެ ބަދަލުގައި 1000 ޑޮލަރު ބޭންކް ރޭޓުގައި ގަތުމުގެ ފުރުސަތު ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިހާރު ބޭންކް ކާޑު ލިމިޓަކީ ޑެބިޓް ކާޑަކަށް 250 ޑޮލަރު އަދި ކްރެޑިޓް ކާޑަކަށް 750 ޑޮލަރެވެ. އަދި ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް 500 ޑޮލަރު ބޭންކް ރޭޓުގައި ލިބެއެވެ.
“އަޅުގަނޑުމެން ޖެނުއަރީން ފެށިގެން ގޮސް 2026 ވަނަ އަހަރުގެ ފުރަތަމ ކުއާޓާ ނިމޭހިސާބަށްދާއިރަށް ސަސްޓެއިން ކުރެވޭ ގޮތަށް ޑޮލަރު މާރުކުރާ ކަމަށްވަންޏާ 1400 ޑޮލަރާ ހަމަޔަށް ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑުކޮށްދޭނަަންް.” ރައީސް

