ރެއާއި މިއަދު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްްރަށުގައި ފެންބޮޑުވެ، ގެއްލުން ލިބިއްޖެއެވެ.
"ހުވަދޫ" އަށް މައުލޫމާތު ދެމުން ތ.މަޑިފުށީ މީހަކު މިއަދު ބުނީ އެ ރަށުގެ މަގުތަކާއި، ގޯތިތަކުގައި ހިނގާބިނގާވެ އުޅެން އުނދަގޫވާ ވަރަށް ފެންބޮޑުވެފައިވާ ކަމަށެވެ. އަދި ބައެއް ގޭގެއަށް ފެން ވަދެ، ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވާކަމަށް ވެސް އޭނާ ބުންޏެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގައި އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ސ.ހިތަދުއާއި، ސ.ގަމާއި، އއ.ތޮއްޑުއަށެވެ.
މިދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ ރަށްތައް:
ސ.ހިތަދޫ 110.6 މިލިމީޓަރ
ސ.ގަން 106.5 މިލިމީޓަރ
އއ.ތޮއްޑޫ 103.3 މިލިމީޓަރ
އދ.މާމިގިލި 95.0 މިލިމީޓަރ
ގއ.ކޫއްޑޫ 81.0 މިލިމީޓަރ
ޏ.ފުވައްމުލައް 70.5 މިލިމީޓަރ
ގދ.ފަރެސްމާތޮޑާ 60.4 މިލިމީޓަރ
ކ.ގާފަރު 59.5 މިލިމީޓަރ
ލ.މާވަށް 53.9 މިލިމީޓަރ
ވ.ރަކީދޫ 47.2 މިލިމީޓަރ
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.

