މޫސުން ގޯސްވުމުގެ ސަބަބުން ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ބ.އަތޮޅުން ފެށިގެން ވ.އަތޮޅަށެވެ.
އެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 08:50 އިން މެންދުރުފަހު 13:00 އަށެވެ.
އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

