ފްރާންސް ގެ ތަރި އެމްބާޕޭ ނުލާ ވެސް ފްރާންސް އިން އިޓަލީ ބަލިކޮއްފިއެވެ. ޔުއެފާ ނޭޝަންސް ލީގު ގައި މި ދެ ޓީމް ވާދަ ކުރި މެޗު ފްރާންސް އިން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާ އަކުންނެވެ. މެޗު ފަށައިގެން ދެވަނަ މިނެޓު ގައި ގޯލެއް ކާމިޔާބުކޮށް ފްރާންސް އިން ލީޑް ނެގިއެވެ. މި ގޯލް އެ ޓީމަށް ޖަހާދިނީ އެޑްރިއަން ރަބިއޯ އެވެ. އަދި 33 ވަނަ މިނެޓު ގައި ފްރާންސް ގެ ޑީން އޭރިޔާ ބޭރުން ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަނީ އިޓަލީ ގެ ގޯލް ކީޕަރު ވަކާރިޔޯ ގައިގަ ޖެހިފަ އެވެ.
އިޓަލީ އިން އޭގެ ދެ މިނެޓު ފަހުން ގޯލެއް ކާމިޔާބުކޮށް ނަތީޖާ ފަރަގު ކުޑަ ކުރިއެވެ. މި ގޯލް އެ ޓީމަށް ޖަހާ ދިނީ އަޑްރިއާ ކަމްބިއެސޯ އެވެ. ނަމަވެސް ދެވަނަ ހާފު ގައި އިތުރު ގޯލް އެ ކާމިޔާބުކޮށް ފްރާންސް އިން މެޗު ގެ 3 ޕޮއިންޓް ކަޝަވަރު ކުރިއެވެ. މި ގޯލް މެޗު ގެ 65 ވަނަ މިނެޓު ގައި ފްރާންސް އަށް ޖަހާދިނީ އެ ޓީމު ގެ ފުރަތަމަ ގޯލް ވެސް ކާމިޔާބު ކޮއްދިން ރަބިއޯ އެވެ. މި މޮޅާއި އެކު ފްރާންސް ގުރޫޕު ގެ އެއްވަނަޔަށް ޖެހިލާފަ ވާއިރު މެޗުން ބަލިވި އިޓަލީ އޮތީގުރޫޕު ގެ ދެވަނައިގަ އެވެ. މި ދެ ޓީމަށް ވެސް ލިބިފަ ވަނީ 13 ޕޮއިންޓް އެވެ. ފްރާންސް އަށް ކުރި ލިބެނީ ފައިދާ ގޯލް ގެ ތަފާތުންނެވެ.

