ރާއްޖޭގެ ދެކުނުގެ ރަށްތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށެވެ.
އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މެންދުރު 02:45 ކުން އިރުއޮށްސި 06:45 އާހަމައަށެވެ. އަދި މެޓް އޮފީހުން ބުނެފައިވަނީ އެވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ.
މީގެ އިތުރުން މޫސުމާ ބެހޭގައުމީ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތައް ހިމެނޭ ސަރަހައްދައް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށެވެ. އަދި ކަނޑުތައް ގަދަވާނެތީ އެކަމަށް ސަމާލުވުމަށްވެސް އެދިފައިވެއެވެ.

