މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލީ އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ދެ މެންބަރެއްގެ މުއްދަތު އަންނަ މަހުގެ 5 ވަނަ ދުވަހަށް ހަމަވާތީއެވެ.
އެ ދެ މެންބަރުންނަކީ ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަޙީދާއާއި، ކޮމިޝަނުގެ މެންބަރު ޢަލީ ޔޫސުފެވެ.
ބްރޯޑްކޮމް މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން 26 ނޮވެންބަރު ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
މިކަމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.

