ކުށްކުރާ ސަރަހައްދުތަކުގައި ކުޑަކުދިން ހަރަކާތްތެރިވާ މިންވަރު އިތުރުވަމުންދާތީ ކުށްކުރުން މަދުކުރުމަޓަކާ އޮޕަރޭޝަންތައް އިތުރުކޮށް މަސައްކަތް ފުޅާކުރަމުންދާ ކަމަށް ސްޕްރިޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވެއްޖެއެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގަ އާރިފް ވިދާޅުވީ މިހާރަކަށް އައިސް ފޭސްދޭއްގައި ކުށްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ވިދާޅުވީ ކުށްކުރާ ގުރޫޕްތައް މާލެ ސަރަހައްދުގައި ދަނީ ގިނަވަމުންކަމަށާއި، މިކަމަށް ހައްލު ހޯދަން ގިނަ މަސައްކަތްތަކެއް ފަަށާފައިވާ ކަމަށެވެ. އެގޮތުން ކުށްކުރުން މަދުކުރުމައްޓަކާ އާންމުން ހޭލުންތެރިކަންވެސް އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ކުށްކުރުން އިތުރުވެ މި މައްސަލައަށް ހައްްލެއް ލިބިފައިނުވާއިރު ގުރޫޕްހަަދައިގެން އުޅޭ ކުޑަކުދިންވެސް މިހާރަކަށްއައިސް ފެންނަމުންދާ ކަމަށެވެ.
” ރޭގަނޑު ދަންވަރު ވަގުތުގައި ފެނޭ ވަރަށް ގިނަ އިން ގުރޫޕްތަކުގައި ކުޑަކުދިން އުޅޭ މަންޒަރު. އެފަދަކުދިން ފާހަގަކުރެވި އާއިލާ އާއި ހަވާލުކުރެވިފައިވާނެ” އާރިފް
އާރިފް ވިދާޅުވީ ފޭސް ދޭއްގައި ކުށްކުރުން އިތިރުވެފައިވާތީ ހާއްސަ އޮޕްރޭޝަންތައް ހިންގަން ގަސްތުކޮށްފައިވާ ކަމަށާއި، އަންއަހަރު ފެށޭނެކަމަށެވެ. އިތުރަށް އާރިފް ފާހަގަކުރެއްވީ ހުޅުމާލެ ފޭސް ދޭއް އަމާންތަނެއްގެ ގޮތުގައި ހެދުމަށް ޓަކައި އެ ސަރަހައްދުގެ ރައްޔިތުންވެސް އެޗްޑީސީއާއި ގުޅިގެން އަދިރި މަގުތައް އަލިކިރުމާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެެވެ.

