ދަނޑުވެރިން ހައްދާތަކެތި މާކެޓަށް ނެރުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމައްޓަކައި އުތުރާއި ދެކުނުގައި، ދަނޑުވެރިން ހައްދާ ތަކެތި މާކެޓަށް ނެރެވޭނެ މަގު ފަހި ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ރަމީލާ ވިދާޅުވީ ދަނޑުވެރިން ކުރާ މަސައްކަތަށް ވަރަށްބޮޑު ކުރިއެރުމެއްބޭނުންވާ ކަމަށާއި، އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
“މީގެ ދެ މަހެއްގެކުރިން އެގްރި ބޯޓްވެސް ވަނީ އިފްތިތާހުކޮށްފަ. އަމާޒަކީ އެގްރިބޯޓްގެ 4 ބޯޓް ބޭނުން ކުރުމުން”. ރަމީލާ
އެގްރީ ބޯޓް ގާއިމްވުމާއެކު ދަނޑުވެރިންނަށް ބޮޑު ނަފާއެއް ލިބޭނެ ކަމަށާއި، އޭގެ ސަބަބުން ދަނޑުވެރިން ހައްދާތަކެތި މާކެޓަށް ނެރުމުގައި ހުރިކަންބޮޑޫވުންތަކަށް ހައްލު ލިބިގެން ދާނެކަމަށެވެ. އެގްރި ބޯޓްތަކަކީ ޒަމާނީ ވަސީލަތްތައް ގާއިމް ކުރެވިފައިވާ ބޯޓް ތަކެއްކަމަށާއި، އެހެންކަމުން މާލެ ސަރަހަދަށް،ވަނީ ދަނޑުވެރިން ހައްދާތަކެތި ގެނައުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ދަނޑުތަކުގައި އުފައްދާ ތަކެއްޗަކީ ފެންވަރު ރަނގަޅު ތަކެތިތޯ ބެލުމަށްޓަކައި މޯލްޑިވްސް ފުޑް އެގްރިކަލްޗާ ޕްރެކްޓިސް ސެޓްފިކޭޝަން (އެމްގެޕް ސެޓިފިކޭޝަން)ގެ ނަމުގައި ދަނޑުތައް އޮޑިޓްކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ވެސް މިހާރު ވަނީ އެ މިނިސްޓްރީން ކުރިއަށްގެންދަން ފަށާފައެވެ
އެގޮތުން މިނިސްޓްރީން ވިދާޅުވީ ބަލަމުންދާ މިންގަނޑުތަކަކީ އިންޓަނޭޝަނަލީ ރިކޮގްނައިޒްޑް ފެންވަރަށް ދަނޑުތައް ހެއްދޯތޯ ކަމަށާއި، ބޭސްޖެހި ކަމުގައި ވިޔަސް، ނިއުޓްރިއެންޓްސް ދިން ކަމުގައި ވިޔަސް، ފާޓިލައިޒާސް ދިންކަމުގައި ވިޔަސް، އެ ސްޓޭންޑާޑް މެއިންޓެއިން ކުރޭތޯ ބެލުންކަމަށެވެ.
މިހުރިހާ ކަމެއް ފުރިހަމަވެގެންދާއިރު ދަނޑުވެރިން ހައްދާތަކެތި ތާޒާކަމާއެކު ވިއްކުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް ރަމީލާ ވިދާޅުވިއެވެ.

