މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 6 ޑިސެމްބަރުގައި ކަމަށެވެ.
މި މުބާރާތް ހުޅުވާލައިފައިވަނީ ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ނުވަތަ އަމިއްލަ ގޮތުން ރަޖިސްޓްރީކޮށްފައިވާ ޖަމްއިއްޔާ ޖަމާއަތްތަކަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 24 ނޮވެމްބަރު ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ އާންމު ގަވާއިދުގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމް ފުރިހަމަކުރަންޖެހޭނެއެވެ.
މި މުބާރާތާގުޅޭ އާންމު ގަވާއިދު، އިއުލާނާ ވަނީ އެއްކަރުދާސްކޮށްފައެވެ.

