2025 ވަނަ އަހަރުގެ މޭމަހާއި ޖޫންމަހުގެ ކޭމްބްރިޖް އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަނަށް ހުޅުވާލައިފި އެވެ.
ތައުލީމީ ވުޒާރާގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޑިސެންބަރު 2024 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:30 އެވެ.
އެޕްލިކޭޝަން ފޯމް، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ ކައުންޓަރުންނާއި ( ހ.އަޝްރަފީ ވިލާ، ދެވަނަ ފަންގިފިލާ. މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް ފޯމް ހުށަހަޅުއްވާނަމަ މެއިލް ކުރައްވާނީ info@dpe.edu.mv އަށެވެ.
ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:30 އިން 13:30 އަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އިރު، މި އެޕްލިކޭޝަންތަކަށް ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައި ވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. އަދި ފޯމު ހުށަހެޅުމަށް ދާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ހިފައިގެން ދިއުމަށްވެސް ތައުލީމީ ވުޒާރާގެ އިއުލާނުގައި ވަނީ ބުނެފައެވެ.

