ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަހަކީ ޢާއިލާތަކާއި މުޖުތަމަޢުތަކަށް ފިރިހެނުން ކޮށްދެއްވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރާ ދުވަހެކެވެ. ހާއްސަކޮށް ޢާއިލާ ތައް ބިނާކުރުމާއި ޤައުމު ބިނާކުރުމާއި، ކުޑަކުދިން ބެލެހެއްޓުން ފަދަ ދާއިރާތަކުން ފިރިހެނުންގެ ދިރިއުޅުމާއި ކާމިޔާބީތަކާއި ދައުރުތައް ދެނެގަނެ، ފާހަގަކުރުންވެސް މެއެވެ.
ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހުގެ ޝިއާރަކީ “ޕޮޒިޓިވް ފިރިހެން ރޯލް މޮޑެލްސް” އެވެ. މި ޝިއާރުގައި ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭގޮތުން މަޝްވަރާތަކުގެ މުހިންމުކަމުގެ ވާހަކަ ދައްކަންޖެހެއެވެ. ފިރިހެނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގަވެސް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ.
އަންހެނުންގެ ދުވަހެކޭ އެއްގޮތަށް ފިރިހެނުންގެ ދުވަސްވެސް ފާހަގަކުރަން ޖެހެއެވެ. މިއީ ފިރިހެނުންވެސް އެމީހުންގެ ހިތްވަރާއި އަޒުމުގެ މުހިންމުކަން ދެއްކުމަށް ވަރަށް މުހިންމު ދުވަހެއް ކަމަށްވާތީއެވެ. ބައެއްމީހުންނަށް ހީވާގޮތުގަ ފިރިހެނުންގެ ދުވަސް ފާހަގަކުރުމަށް ކޮންމެހެން ބޭނުން ނުވެއެވެ. ނަމަވެސް ފިރިހެނުންނަކީވެސް އަންހެނުންފަދައިން އެކި ޒަރޫރަތްތައް ބޭނުންވާނެ ފަރާތްތަކެވެ. އަދި އެކިކަންކަމުގަ އުއްމީދުވެސް ކުރާނެ ބަޔަކެވެ. އެހެންކަމުން ދެޖިންސުވެސް މިކަމުގައި ހަމަހަމަވާން ޖެހޭނެއެވެ.
އަދި ފިރިހެނުންގެވެސް އެމީހުން ސިއްހަތާއި ދުޅަހެޔޮކަމާއި، ސަމާލުކަންދޭން ޖެހޭނެވެސް މެއެވެ. އަދި އިޖުތިމާއީ، ނަފްސާނީ، ޖިސްމާނީ އަދި ރޫހާނީދުޅަހެޔޮކަމާއި ރަނގަޅު ދިރިއުޅުމެއް ފިރިހެނުންނަށްވެސް ލިއްބައިދޭން ޖެހެއެވެ. ރައްކާތެރިކަން ލިބި، އެމީހުންގެ ފުރިހަމަ ޤާބިލުކަން ވެސް ލިބޭނެ މެއެވެ.
މިދުވަހަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ހަރުދަނާކަމާއި އޯގާތެރިކަމާއި އެހީތެރިކަން ގެނެސްދޭ ފިރިހެނުންނަށް ރަމްޒުކޮށްދޭނެ ދުވަހެކެވެ. އެހެންކަމުން އެމީހުންނަށް ހިތްވަރުދީ، އުފާފާޅުކުރުމަށް ދައުވަތުވެސް ދޭންޖެހޭ ދުވަހަށް މިދުވަސް ވާންޖެހެއެވެ. މިދުވަހަކީ ހަމައެކަނި ކަލަންޑަރެއްގައި ލިޔެވިފައިވާ ދުވަހަކަށްރެ މާބޮޑު ދުވަހެކެވެ.
ކޮންމެ އަންހެނެއްގެ ހަޔާތުގަ ވަރުގަދަ ފިހެނެއް ހުރުމަކީ އަންހެނަކު އެދޭނެވެސް އެދުމެވެ. އަދި އެއްބަނޑު އާއިލާގައިތިބޭ ފިރިހެނުންނާއި، ބައްޕަ، ކޮއްކޮ، ފިރިމީހާ، އަދި ލޯބިވެރިޔާ، އަދި ރަޙުމަތްތެރިޔާ ފަދަ ފިރިހެނުންނަކީ ހަޔާތަށް ވަރަށް މުހިންމު ބަޔެކެވެ. ދިރިއުޅުން ރަނގަޅުކޮށްދޭ ފިރިހެނުން ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރަންޖެއެވެ.
ހާއްސަ ނަޒަރަކުން ފިރިހެނުންނާމެދު ވިސްނާލަމާ ހިނގާށެވެ. ފިރިހެނުންނަށް ރަނގަޅު މަގު ދައްކަންތިބޭނީ އަންހެނުންނެވެ. ޔަގީނުންވެސް، ރަނގަޅު އަދި ނުބައި ތަޖުރިބާތައް ލިބިފައިހުރިނަމަ ރަނގަޅު އިޙްސާސްތަކާއި، އެމީހުންގެ ވާހަކައަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. ހަގީގަތުގައި އެމީހުންނަކީ އަހަރެމެންގެ ހުރިހާ ވަގުތެއްގެ ވެސް ހީރޯއިންނެވެ.
ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަހު ފިރިހެނުންނަށް ގަދަރާއި އިހްތިރާމްދެމާތޯއެވެ.

