މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ ބ.ދަރަވަންދުއާއި، ވ.ރަކީދުއަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ދަރަވަންދުއަށް ވަނީ 114.5 މިލިމީޓަރުގެ ވާރޭވެހިފައެވެ. ރަކީދުއަށް ވަނީ 98.8 މިލިމީޓަރުގެ ވާރޭވެހިފައެވެ.
ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އދ.މާމިިގިއްޔާއި، އއ.ތޮއްޑުއަށެވެ. މާމިގިއްޔަށް 63.5 މިލިމީޓަރުގެ ވާރޭވެހުނުއިރު، ތޮއްޑުއަށް ވަނީ 59.6 މިލިމީޓަރުގެ ވާރޭވެހިފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި މި ދުވަސްވަރު ވިއްސާރަކުރަމުންދަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް މި ސަރަހައްދުތަކުގައި އުފެދިފައިވާ ލޯ ލެވެލް ސާރކިއުލޭޝަންއަކާއި ގުޅިގެންނެވެ.
ކުރިއަށް އޮތް 2 ދުވަހު ވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

