ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅ.ކުރެންދުއަށް ނިސްބަތްވާ 45 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. އެގޮތަށް ނިންމީ ވަކީލެއްގެ ފުރުސަތަކަށް އޭނާ އެދިފައިވާތީއެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ ހަށިގަނޑުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ބުލެޓުތަކެއް ފުލުހުން ވަނީ ހޯދާފައެވެ.
އެތަކެތީގެ ބަރުދަން ޓްރެފިކިންގ މިންގަނޑަށް އަރާކަން ފާހަގަކުރެވިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. ނަމަވެސް އެ ތަކެތީގެ ސީދާ ބަރުދަނެއް ހާމަކޮށްފައެއް ނުވެއެވެ.

