އަންނަ ރަމަޟާން މަހު، މާލެ ސިޓީ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަހަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވާ ކަމަށާއި، އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި ކަމަށެވެ. އަދި ކޮންމެ ގޮތްޕެއްގައި ވެސް 3 އުމުރުފުރާ ހިމެނޭނެ ކަމަށާއި، އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19އަހަރުން ދަށް ކަމަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
މަދަހަ މުބާރާތު ގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ ވެސް 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 09:00 އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށެވެ.
މި ދެ މުބާރާތުގައި ބައިވެރިވާ ދަރިވަރުން އިތުރު މައުލޫމާތެއް ހޯދަން ބޭނުންވާނަމަ، މާލެ ސިޓީ ކައުންސިލްގެ ކޯލް ސެންޓަރ 1622 އަށް ގުޅުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މިދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް https://quranmadhaha.malecity.gov.mv މި ލިންކުން އެޕްލިކޭޝަން ހުށަހެޅޭނެއެވެ. މި މުބާރާތްތަކުގެ އުސޫލުތައް މާލެ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެެވެ.

