ވޭތުވެދިޔަ އަހަރު ކައުންސިލުތަކާ ގާތް ގުޅުމެއް ބާއްވައިގެން މަސައްކަތްކުރެވުނު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓްސް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން، ކައުންސިލުތަކާއެކު 280 ބައްދަލުވުން ބޭއްވުނު ކަމަށެވެ. އަދި ކައުންސިލުތަކާ ގާތް ގުޅުމެއް ބާއްވައިގެން މަސައްކަތްކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ލޯކަލް ގަވަރމަންޓް މިނިސްޓްރީއަކީ ރައީސް ޑރ. މުޢިއްޒުގެ ޒައާމަތުގެ ފުރަތަމަ ދުވަހު އުފެއްދެވި މިނިސްޓްރީއެކެވެ.
މި މިނިސްޓްރީ އުފައްދަވާފައިވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ަތަަރައްގީކޮށް، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތު ކަނަޑަައަަޅައި އިދާރީ ދާއިރާތައް ހިންގައި، އެ ދާއިރާތަކުގައި އާންމު މަަސައްކަތުގެ ޚިދުަމަތްދިނުމުގެ ސިޔާސަތުތައް ކަނޑައެޅުމަށެެވެ.
މީގެއިތުރުން ސަރުކާާރާއި، ކައުންސިލުތަކާ ގުޅިގެން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ރަށްވެހިކަމުގެ ޚިދުމަތް ދިނުމުގައި، އެއްބާރުުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުުމުަގައެވެ.
މި މަގުސަދުތައް ހާސިލުކުރަން އެ މިނިސްޓްރީން މިދިޔަ އަހަރު ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

