ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ
ދާއިރާތަކުގެ އިންތިޚާބުގެ ކެންޑިޑޭޓް ލިސްޓާއި، ވޯޓާސް ލިސްޓް އާންމުކޮށްފިއެވެ.
މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ނަގާ ދާއިރާތަކާއި، ރަށްތަކާއި، ކެންޑިޑޭޓުންގެ ނަންތައް އެންމެ ފުރަތަމަ އާންމުކުރީ މި މަހުގެ 13 ގައެވެ.
ނަމަވެސް ކެންޑިޑޭޓުންގެ ލިސްޓާ ގުޅިގެން ބައެއް ފަރާތްތަކުން ބައެއް ކަންކަން ފާހަގަކޮށްފައިވާތީ، އެ ކަންކަން ބެލިއިރު ލިސްޓުގައި ކޮންމެވެސް ވަރަކަށް މައްސަލަ ހުރިކަން ފާހަގަކުރެވުނު ކަމަށް ޕީއެންސީއިން ބުނެފައިވެއެވެ.
އެގޮތުން ލިސްޓު މުރާޖައާ ކުރުމަށްފަހު މިއަދު ވަނީ ލިސްޓު އާންމުކޮށްފައެވެ.
މީގެއިތުރުން މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ވެސް ވަނީ އާންމުކޮށްފައެވެ.
މި އިންތިޚާބުގައި ދާއިރާގެ ރައީސުންނާއި، ދާއިރާގެ ނައިބު ރައީސުންނާއި، އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުން އިންތިޚާބު ކުރިއެވެ.

