އެލްޖީ ޑިސްޕްލޭ އިން 2022 ވަނަ އަހަރު 20 އިންސައްތަ ފްލެކްސިބިލިޓީ އާއެކު ތައާރަފްކުރި ސްކްރީނުގެ ޓެކްނޮލޮޖީ އިތުރަށް ތަރައްޤީކޮށް، 50 އިންސައްތައަށް ދަމާލެވޭ ދުނިޔޭގެ ފުރަތަމަ ދަމާލެވޭ ޑިސްޕްލޭ ވަނީ ދައްކާލާފައެވެ.
10 އަހަރަށްވުރެ ގިނަ ދުވަހު، އެލްޖީ ޑިސްޕްލޭ އިން ވަނީ ކޮލެޓީ ކުލަގަދަ މަންޒަރުތައް ދައްކައިދޭ އަދި އެކި ބޭނުންތަކަށް އެކަށީގެންވާ ގޮތަށް އެކި ބައިތަކަށް ބަދަލުކޮށް ސްކްރީންތައް ތަރައްޤީކުރަމުން ގޮސްފައެވެ. މީގެ ތެރޭގައި ތާފަތު ފެޝަނެއްގެ ގޮތުގައި ލައިގެން އުޅެވޭ އަންނައުނާއި ގުޅޭ ތަކެތިވެސް ހިމެނެއެވެ.
އަހަރުތަކެއް ކުރިން، އެ ކުންފުނިން އޭގެ ޕްރޮޓޯޓައިޕް ޑިސްޕްލޭތަކުގެ ކުރިން ވެސް ފާހަގަކުރެވޭ ޤާބިލުކަމަށް އިތުރު ކަމެއް އިތުރުކުރިއެވެ . އެއީ ދަމާލެވޭ އަދި ލަނބާލެވޭ ފްލެކްސިބަލް 12 އިންޗީގެ ފިލްމެކެވެ. މި ޑިސްޕްލޭގައި އޭގެ އަލި ފޯރުކޮށްދޭ ވަސީލަތެއްގެ ގޮތުގައި މައިކްރޯ-އެލްއީޑީތައް ބޭނުންކޮށްފައިވެއެވެ. އަދި އޭގެ ދިގުމިން 20 އިންސައްތަ އިތުރުވާ ގޮތަށް ދަމާލެވެއެވެ.

އެލްޖީއިން ތައާރަފްކުރި ދެމޭ ސްކްރީން.
މިހާރު އެލްޖީ ޑިސްޕްލޭގެ އިންޖިނިއަރުން ވަނީ މި ޓެކްނޮލޮޖީގެ އައު ވަރޝަނެއް ދައްކާލާފައެވެ. މިއީ ހަމަ އެ ސައިޒުގެ ސްކްރީނެކެވެ. އެކަމަކު 18 އިންޗި (46 ސެންޓިމީޓަރު) އަށް ދަމާލެވެއެވެ. މިއީ އަދިވެސް އިންޗިއަކަށް 100 ޕިކްސެލްގެ ރެޒޮލިއުޝަނެއް ދެއްކޭ އަދި ފުރިހަމަ ރަތް، ފެހި އަދި ނޫ ކުލަ ހިމެނޭ އެއްޗެކެވެ. އެކަމަކު ކުންފުނިން ވަނީ އައު ޑިޒައިނެއް ތަރައްޤީކޮށް އަދި އާންމުކޮށް ކޮންޓެކްޓް ލެންސްތަކުގައި ހުންނަ ސިލިކޮންއާއި އެއްފަދަ ސިފަތައް ހިމެނޭހެން، އެހެނިހެން ބަދަލުތަކާއެކު، ދަމާލެވޭ މިންވަރު 50 އިންސައްތައަށް އިތުރުކޮށްފައެވެ.
މައިކްރޯ-އެލްއީޑީ އަލި ފޯރުކޮށްދިނުމުގައި ކުރިން ވެސް ހުރި ގޮތަށް 40 މައިކްރޯމީޓަރުގެ ޕިކްސެލް ޕިޗް ވަނީ ހިފަހައްޓާފައެވެ. އެކަމަކު އިންޖިނިއަރުން ވަނީ މި ޑިސްޕްލޭ ގިނަ ދުވަހު ދެމިހުންނަ މިންވަރު އިތުރުކޮށްފައެވެ. މިގޮތުން ރިޕޯޓުކުރެވޭ ގޮތުގައި މި ޑިސްޕްލޭ އަކީ ގަދަ ފިނި އަދ ގަދަ ހޫނުގައި އަާއި މިނޫންވެސް އާދައާހިލާފު މާހައުލުތަކުގެ އިތުރުން ބޭރުގެ ޝޮކްތަކަށް ހުށަހެޅުނުކަމަުގައި ވިޔަސް މަންޒަރުގެ ފެންވަރު ނުވަތަ އިމޭޖް ކޮލެޓީއަށް އަސަރު ނުކޮށް 10،000 އަށްވުރެ ގިނަފަހަރު ދެމޭ ގޮތަށް ހަދާފައެވެ.
"ދަމާލެވޭ ޑިސްޕްލޭތަކަކީ ހަމައެކަނި ތުނި އަދި ލުއި ހެދުން ފަދައިން ހަށިގަނޑުގައި ލެވޭ އެއްޗެއް." ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ. "މިފަދަ ޑިސްޕްލޭތައް ފެޝަން އަދި ބޮޑަށް ހަރަކާތްތެރިވާ ކަސްރަތުގެ ދާއިރާތަކުގައި ފުޅާކޮށް ބޭނުންކުރެވޭނެ ކަމަށް ބެލެވެއެވެ."
އެގޮތުން އިންޑަސްޓްރީގެ ބައިވެރިންނާއި ދިރާސާކުރާ ފަރާތްތަކުން ސިއޯލްގައި ހުންނަ އެލްޖީ ސައިންސް ޕާކުގައި ފަހުން ބޭއްވުނު ހަފްލާއެއްގައި މި އުފެއްދުން ވަނީ ދައްކާލާފައެވެ. މީގެ ތެރޭގައި ޓަޗް ސްކްރީން ޑިސޕްލޭއެއްގައި ހަދާފައިވާ އޮޓޯމޯޓިވް ޓަޗް ޕެނަލެއްގައި ވަގުތުން މަޢުލޫމާތު ފޯރުކޮށްދޭ ގޮތަށް އަލިފާން ނިއްވާ މީހުންގެ ޔުނިފޯމުގައި ހަރުކޮށްފައިވާ ލައިގެން އުޅެވޭ ޑިސްޕްލޭއެއް ހިމެނެއެވެ.

އެލްޖީ އިން ސިއޯލް ފެޝަން ވީކްގައި ދައްކާލާފައިވާ ކުރީގެ ދެމޭ ޑިސްޕްލޭ.
"މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލެވުމުން، އެލްޖީ ޑިސްޕްލޭ އިން ވަނީ ހަމައެކަނި ދެން އަންނަ ޖީލުތަކުގެ ޑިސްޕްލޭ މާކެޓް ކުރިއަށް ގެންދެވިދާނެ މައިގަނޑު ޓެކްނޮލޮޖީތައް ހޯދުމުގެ އިތުރުން މިފަދަ ބައިތަކާއި އަދި އާލާތްތައް އާންމުންނަށް ލިބޭ ގޮތް ހެދުމަށާއި އާރް އެންޑް ޑީ އިންފްރާސްޓްރަކްޗަރެއް ޤާއިމުކުރުމަށް ވެސް އެހީތެރިވެފައި." ކުންފުނިން ބުންޏެވެ.

ފްލެކްސް ސްކްރީން އިން އުފައްދާފައިވާ ދަބަހެއް.

